ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބާކީ 38 ހެކްޓަރު ބިން ހިއްކަން އަލުން ފަށައިފި
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބާކީ 38 ހެކްޓަރު ބިން ހިއްކަން އަލުން ފަށައިފި

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށް ފަހު، މިއަދު އަލުން ފަށައިފި އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބާކީ 38 ހެކްޓަރު ބިން ހިއްކަން އަލުން ފަށައިފި
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބާކީ 38 ހެކްޓަރު ބިން ހިއްކަން އަލުން ފަށައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު އަލުން ފެށުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ސަރަހައްދަށް ވަޑައިގެން އެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވައި، މައުލޫމާތު އޮޅުން ފިލުއްވައިފަ އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބާކީ 38 ހެކްޓަރު ބިން ހިއްކަން އަލުން ފަށައިފި
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބާކީ 38 ހެކްޓަރު ބިން ހިއްކަން އަލުން ފަށައިފި

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެ މަސައްކަތް ސެޕްޓެމްބަރު 2023 ގައި ފަށައި މިހާތަނަށް 24 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ. އޭގެ ފަހުން އެ މަޝްރޫއު މަޑުޖެހުނީ، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިސް ކުރުމުގެ މަސައްކަތް ފެށުމުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެޗްޑީސީން ބުނީ، ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު އަލުން ފެށުމާ ގުޅިގެން، އެ ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުފަހަރުތައް އެ ކަމަށް ސަމާލުވާން އެދޭ ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި، އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާ ވެސް ގިނަ ބަޔަކަށް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.