ފަލަސްތީނުގެ ގައުމީ ޓީމަށް ރާއްޖޭން ވީއައިޕީ މަރުހަބާއެއް!
ފަލަސްތީނުގެ ގައުމީ ޓީމަށް ރާއްޖޭން ވީއައިޕީ މަރުހަބާއެއް!

އޭއެފްސީ 17 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ޓްރޭނިން ކޭމްޕަށް ރާއްޖެ އައި ފަލަސްތީނުގެ ޒުވާން ޓީމަށް މަރްހަބާ ދަންނަވައިފި އެވެ.

ފަލަސްތީނުގެ ގައުމީ ޓީމަށް ރާއްޖޭން ވީއައިޕީ މަރުހަބާއެއް!
ފަލަސްތީނުގެ ގައުމީ ޓީމަށް ރާއްޖޭން ވީއައިޕީ މަރުހަބާއެއް!

އެއާޕޯޓްގެ ވައިއިޕީ ލައުންޖުން އެ ޓީމަށް މަރްހަބާ ވިދާޅުވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގެވެ.

ފަލަސްތީނުގެ ގައުމީ ޓީމަށް ރާއްޖޭން ވީއައިޕީ މަރުހަބާއެއް!
ފަލަސްތީނުގެ ގައުމީ ޓީމަށް ރާއްޖޭން ވީއައިޕީ މަރުހަބާއެއް!

އާންމުކޮށް އެއާޕޯޓްގެ ވައިއިޕީ ލައުންޖަށް ކުޅިވަރުގެ އިސްވެރިން ވަޑައިގެން މަރްހަބާ ދަންނަވާނީ ކުޅިވަރު މުބާރާތަކުން ކާމިޔާބު ހޯދައިގެ ޓީމުތަކެއް އައުމުންނެވެ.

މިފަހަރު ސްޕޯޓްސް މިނިސްޓަރާއި އެ އިދާރާގެ ބައެއް ވެރިން ވަޑައިގެން މަރުހަބާ ވިދާޅުވީ ނުވަ ދުވަހުގެ ކޭމްޕަކަށް ރާއްޖެ އައި މި ޓީމަށެވެ.

ފަލަސްތީނުގެ ޓީމު ރާއްޖޭގައި ކެމްޕް ކުރަން ހިނގާނެ ހުރިހާ ހަރަދުތަކެއް ބަލަހައްޓަނީ ސަރުކާރުންނެވެ. ލޮޖިސްޓިކް ބައެއް އިންތިޒާމުތައް އެފްއޭއެމުން ބަލަހައްޓަ އެވެ.

ކޭމްޕްގައި ރާއްޖޭގެ 17 އަހަރުންދަށުގެ ގައުމީ ޓީމާ ދެކޮޅަށް ފަލަސްތީނުގެ ޓީމުން ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. ދެވަނަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.

އެ ދެ މެޗަށް އާންމުންނަށް ހިލޭ ދަނޑަށް ވަދެވޭނެ ކަމަށް އެފްއޭއެމުން ބުންޏެވެ.

އެކަމަކު ފަލަސްތީނުގެ ޓީމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ކެޓަގަރީއަކުން ސްވެނިއާ ޓިކެޓް ވިއްކަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.

އެއީ ޕްލެޓިނަމް އާއި ގޯލްޑް ކެޓަގަރީގެ ޓިކެޓެވެ. ސްވެނިއާ ޕްލެޓިނަމް ކެޓަގަރީގެ ޓިކެޓެއްގެ އަގަކީ 1،000ރ. އެވެ. އެ ކެޓަގަރީގައި ކުޅިބަލާމީހުންނަށް ހާއްސަކޮށްފައި ވަނީ ރޮސްޓޮމް އާއި ވީއައިޕީ އެވެ. އެ ކެޓަގަރީގައި ވިއްކާނީ ޖުމުލަ 50 ޓިކެޓެވެ.

ގޯލްޑް ކެޓަގަރީގައި ޓިކެޓް ވިއްކާނީ ރޮސްޓްރަމް އޭރިއާގެ ދެ ފަޅިން އޮންނަ ގޮނޑިބަރިންނެވެ. އެ ކެޓަގަރީގެ ޓިކެޓްގެ އަގަކީ 500ރ. އެވެ. އެ ކެޓަގަރީން ވިއްކާނީ 200 ޓިކެޓެވެ.

"މިގޮތުން ވިއްކާ ޓިކެޓް ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް ހަދިޔާކުރުމަށް ވަނީ ނިންމާފަ އެވެ.،" އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ އިންޑިއާގަ އެވެ. މިމަހު 22 އިން 30 އަށް ކުޅޭ ކޮލިފައިންގެ ގުރޫޕްގައި ހިމެނެނީ ފަލަސްތީނާއި އިންޑިއާގެ އިތުރުން އިރާނާއި ޗައިނީޒް ޓައިޕޭ އަދި ލުބުނާނެވެ.

ރާއްޖެ ކުޅޭ ކޮލިފައިން މެޗުތައް ކުރިއަށް ގެންދާނީ ތައިލެންޑްގަ އެވެ. ރާއްޖޭގެ ގުރުޕުގައި ތައިލެންޑްގެ އިތުރުން ދެން ހިމެނެނީ ތުރުކްމެނިސްތާނާއި ކުވޭތެވެ.

ރާއްޖެ ކުޅޭ ކޮލިފައިން މެޗުތައް ކުރިއަށް ގެންދާނީ ތައިލެންޑްގަ އެވެ. ރާއްޖޭގެ ގުރުޕުގައި ތައިލެންޑްގެ އިތުރުން ދެން ހިމެނެނީ ތުރުކްމެނިސްތާނާއި ކުވޭތެވެ.