ހަނިމާދޫ އެއާޕޯޓާ އެކު އިގްތިސާދު ފުޅާކުރަންޖެހޭ: އިބޫ
ހަނިމާދޫ އެއާޕޯޓާ އެކު އިގްތިސާދު ފުޅާކުރަންޖެހޭ: އިބޫ

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، ހަމައެކަނި ތަރައްގީކުރުމަކުން ނުވާނެ ކަމަށާއި އެ ސަރަހައްދުގެ އިގުތިސާދު ފުޅާކުރަންޖެހޭ ކަމަށް، ކުރީގެ ރައީސް އިބްރާހިިމް ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އެއާޕޯޓާ އެކު އިގްތިސާދު ފުޅާކުރަންޖެހޭ: އިބޫ
ހަނިމާދޫ އެއާޕޯޓާ އެކު އިގްތިސާދު ފުޅާކުރަންޖެހޭ: އިބޫ

އެ މަނިކުފާނުގެ ވެރިކަމުގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ފެއްޓެވި ބޮޑު މަޝްރޫއު ނިންމުމަށް ފަހު ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެތަން ހުޅުވައިފަ އެވެ.

ހަނިމާދޫ އެއާޕޯޓާ އެކު އިގްތިސާދު ފުޅާކުރަންޖެހޭ: އިބޫ
ހަނިމާދޫ އެއާޕޯޓާ އެކު އިގްތިސާދު ފުޅާކުރަންޖެހޭ: އިބޫ

އެކަމާ ގުޅިގެން، އިބޫ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ އެއާޕޯޓަކީ ބޮޑުތިލަދުންމަތީގެ އިގްތިސާދީ ދުވެލި ހަލުވި ކުރުމަށް މަގުފަހިވާނެ ތަނެއް ކަމަށެވެ.

ހަނިމާދޫ އެއާޕޯޓާ އެކު އިގްތިސާދު ފުޅާކުރަންޖެހޭ: އިބޫ
ހަނިމާދޫ އެއާޕޯޓާ އެކު އިގްތިސާދު ފުޅާކުރަންޖެހޭ: އިބޫ

އިބޫ ވިދާޅުވީ އެއާޕޯޓާ އެކު، އެ ސަރަހައްދުގެ އިގްތިސާދު ހަރުދަނާކޮށް ޓޫރިޒަމްގެ ކެޕޭސިޓީ އިތުރުކޮށް، އާ ވިޔަފާރިތަކަށް ހުޅުވާލައި އެ ސަރަހައްދުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހޭނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓާ އެކު އިގްތިސާދު ފުޅާކުރަންޖެހޭ: އިބޫ
ހަނިމާދޫ އެއާޕޯޓާ އެކު އިގްތިސާދު ފުޅާކުރަންޖެހޭ: އިބޫ

އެ މަނިކުފާނު ވިދާޅުވީ މިކަން ކާމިޔާބުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓާ އެކު އިގްތިސާދު ފުޅާކުރަންޖެހޭ: އިބޫ
ހަނިމާދޫ އެއާޕޯޓާ އެކު އިގްތިސާދު ފުޅާކުރަންޖެހޭ: އިބޫ

އިބޫ ވަނީ އެ މަޝްރޫއު ހަގީގަތަކަށް ހެދުމަށް އިންޑިއާއިން ދިން އެހީއަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މި މަޝްރޫއު ފެށިއިރު އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި، ފައްޔާޒު އިސްމާއިލް، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެއީ އިގުތިސާދީގޮތުން ފުދުންތެރި އަދި އަދި އުތުރުގެ ސަރަހައްދަށް ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ.

"އޭގެ ހެޔޮ އަސަރު އަންނަން އޮތް ޖީލުތަކަށް ވެސް ލިބޭނެ،" ފައްޔާޒް ވިދާޅުވި އެވެ.

"މިއީ ލާމަރުކަޒީ އުސޫލުން ރާއްޖެ ބިނާކުރުމުގެ ތަސައްވުރު ހަގީގަތަކަށް ހެދުމުގައި މުހިއްމު ދައުރެއް އަދާކުރާ ކަމެއް" ގެ ގޮތުގައި ވެސް އޭނާ ސިފަކުރެއްވި އެވެ.

އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އެއިރޯ ބްރިޖަކާއި ޑިއުޓީ ފްރީ އާއި ލައުންޖާއި އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތަކާއި ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީ ވެސް ވަނީ ހަދައިފަ އެވެ.

ހަނިމާދޫ އެއާޕޯޓަކީ 1990 ވަނަ ހިދުމަތް ދޭން ފެށި ތަނެކެވެ. އަދި 2013 ވަނަ އަހަރު އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރި އެވެ. މި ހުރިހާ ދުވަހަކު އެތަން އޮތީ ތަރައްގީއެއް ނައިސް ވަރަށް އާދައިގެ ގޮތަކަށެވެ.