އީ-ވިސާއާ އެކު އިމިގްރޭޝަނުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށްފި
އީ-ވިސާއާ އެކު އިމިގްރޭޝަނުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށްފި

މޯލްޑިވްސް އިމިގްރޭޝަނުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށް، އިލެކްޓްރޯނިކް ވިސާ (އީ-ވިސާ) އާއި މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން އެޕް (އެމްއައިއެޕް) މިއަދު ތައާރަފްކޮށްފި އެވެ.

އީ-ވިސާއާ އެކު އިމިގްރޭޝަނުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށްފި
އީ-ވިސާއާ އެކު އިމިގްރޭޝަނުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށްފި

ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އީވިސާ ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އީ-ވިސާއާ އެކު އިމިގްރޭޝަނުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށްފި
އީ-ވިސާއާ އެކު އިމިގްރޭޝަނުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށްފި

އިމިގްރޭޝަނުގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީހު ވިދާޅުވީ މިއަދު ތައާރަފްކުރި ހުރިހާ ހިދުމަތަކުން ވެސް ރައްޔިތުންނަށާއި އިމިގްރޭޝަނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިިދޭސީންގެ މައްސަލަތައް ހައްލުކުރުމުގައި، މިއަދު ތައާރަފްކުރި އޮންލައިން ހިދުމަތްތަކުގެ ސަބަބުން ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބިދޭސީންގެ ޕާސްޕޯޓްގައި ވިސާޖަހަން ޒަމާނުއްސުރެ ކުރިމަތިވެފައި އޮތް ދަތިތަކަށް، މިއަދު ތައާރަފްކުރި އީ-ވިސާ އިން ދާއިމީ ހައްލެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ވިސާއާ ގުޅޭ ހިދުމަތްތައް ލިބޭ ފެންވަރަށް، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ރާއްޖޭގައި އެ ހިދުމަތް ފުޅާވެގެންދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ފަސީހު ވިދާޅުވި އެވެ.

ރާއްޖެެ ޑިޖިޓަލައިޒްކުރަން ސަރުކާރުން ކުރިއަށް ގެންދާ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، އެ ހިދުމައްތައް އިފްތިތާހުކުރަން މިއަދު ބޭއްވި ރަސްމިއްޔާތު ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރައީސްގެ އެ ސިޔާސަތާ އެެއްގޮތަށް 100 ޕަސެންޓް ޑިޖިޓަލައިޒް ކުރި ފުރަތަމަ މުއައްސަސާއަކީ މޯލްޑިވްސް އިމިގްރޭޝަން ކަމަށެވެ. އެއީ ރައީސްގެ އެ ސިޔާސަތު މޯލްޑިވްސް އިމިގްރޭޝަނުން ބަލައިގަނެ، އެ ކަން ތަންފީޒުކުރަން ދޭ އަހަންމިއްޔަތު ދައްކައިދޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

ފިޒިކަލް ޕާސްޕޯޓް ހިފައިގެން ވިސާ ޖަހަން އިމިގްރޭޝަަނަށް ދާން އުފުލި ބުރައަށް ނިމުން ގެނެސްދޭ އީވިސާގެ އިތުރުން ރާއްޖޭގައި އުޅޭ ބިދޭސީންގެ ކަންތައްތައް ބަލަން ފަސޭހަކޮށްދޭ އެޕްލިކޭޝަނެއް ވެސް އިމިގްރޭޝަނުން މިއަދު ތައާރަފްކުރި އެވެ.

"އެމްއައި އައިޑީ ޗެކާގެ ނަމުގައި މިއަދު މި ތައާރަފްވެގެންދާ އެޕްލިކޭޝަނަކީ އިމިގްރޭޝަނުގެ މުވައްޒަފުންނާއި ދިވެހި ފުލުހުންނަށް، އަދި ގާނޫނު ތަންފީޒުކުރާ އެހެން އިދާރާތަކަށް، ވަކިން ހާއްސަކޮށް، ލޭބާ ރިލޭޝަންސް އޮތޯރިޓީ ފަދަ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ ފަދަ ތަންނަތަނަށް ވެސް މީގެ އެކްސެސް ދެވިގެން ދާނެ އެޕްލިކެޝަނެއް،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުގައި ތިބޭ ބިދޭސީންގެ ކަންތައްތައް ބެލެހެއްޓުމުގައި ކައުންސިލްތަކަށް ކުރިމަތިވާ ދަތިކަން ވެސް މިއަދު ތައާރަފްކުރި އެޕްލިކޭޝަނުގެ ސަބަބުން ފަސޭހަވާނެ ކަމަށެވެ.

ބިދޭސީންނަށް ކުރިމަތިވާ މެޑިކަލް އިމާޖެންސީތަކާއި މަރުވާ ހާލަތުގައި، ސިއްހީ ހިދުމަތްދޭ ތަންތަނުން އެ މީހުން ދެނެގަންނަން އުނދަގޫވާ މައްސަލަ ވެސް އެ އެޕްލިކޭޝަނާ އެކު ހައްލުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

- އިލެކްޓްރޯނިކް ވިސާ

- ޒަމާނީ އާ ވެބްސައިޓް

- އިމިގްރޭޝަނުގެ އާ މޮބައިލް އެޕް

- އެމްއައި އައިޑެންޓިޓީ ޗެކާ

ކޮންޓްރޯލާ ޖެނެރަލް ފަސީހު ވިދާޅުވި ގޮތުގައި މިއަދު ތައާރަފްކުރި އާ ވެބްސައިޓަކީ އިމިގްރޭޝަނުގެ ހިދުމަތްތްކާ ބެހޭ ހުރިހާ މައުލޫމާތެއް ފަސޭހައިން ލިބޭ ޒަމާނީ ވެބްސައިޓެއް ކަމަށެވެ. މިއަދު ތައާރަފްކުރި މޮބައިލް އެޕްލިކޭޝަނަކީ ރައްކާތެރިކަން ކަށަވަރުށޮށްފައިވާ ޒަމާނީ އެޕްލިކޭޝަނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ އެޕްލިކޭޝަން މެދުވެރިކޮށް ލިބިގަނެވޭ ހިދުމަތްތަކުގެ ތެރޭގައި ޕާސްޕޯޓަށް އެދި އަލަށް ހުށަހެޅުމާއި ޕާސްޕޯޓް އާކުރަން ހުށަހެޅުން އަދި ޕާސްޕޯޓްގައި ހުރި މައުލޫމާތު ބެލުން ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ތިބެން ވިސާ ދޫކޮށްފައިވާ ބިދޭސީންނަށް އެ މީހުންގެ ވިސާގެ މައުލޫމާތު ވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ބެލޭނެ އެވެ.

ފަސީހު ވިދާޅުވި ގޮތުގައި މިއަދު ތައާރަފްކުރި ހުރިހާ ހިދުމަތަކުން ވެސް މޯލްޑިވްސް އިމިގްރޭޝަނަށާއި ރައްޔިތުންނަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެެވެ.