ހަނިމާދޫ އެއާޕޯޓަކީ ރާއްޖެ-އިންޑިއާގެ ގުޅުމަށް ލިބުނު ކުރިއެރުމެއް: ނައިޑޫ
ހަނިމާދޫ އެއާޕޯޓަކީ ރާއްޖެ-އިންޑިއާގެ ގުޅުމަށް ލިބުނު ކުރިއެރުމެއް: ނައިޑޫ

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދު ކޮށްގެން އެންމެ ޒަމާނީ ފެންވަރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ ތަރައްގީގައި ބައިވެރިވާން އިންޑިއާ ތައްޔާރަށް އޮތް މިންވަރު ދައްކައިދޭ ކަމެއް ކަމަށް އެ ގައުމުގެ ސިވލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަފޫ ރާމް މޯހަން ނައިޑޫ ރޭ ވިދާޅުވެއްޖެ އެވެ،

ހަނިމާދޫ އެއާޕޯޓަކީ ރާއްޖެ-އިންޑިއާގެ ގުޅުމަށް ލިބުނު ކުރިއެރުމެއް: ނައިޑޫ
ހަނިމާދޫ އެއާޕޯޓަކީ ރާއްޖެ-އިންޑިއާގެ ގުޅުމަށް ލިބުނު ކުރިއެރުމެއް: ނައިޑޫ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަލުން ތަރައްގީކޮށް ހުޅުވުމަށް ބޭއްވި ބޮޑު ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުން ރާއްޖެ ވަޑައިގެންނެވި ނައިޑޫ ވިދާޅުވީ، އެ އެއާޕޯޓުގެ ސަބަބުން އުތުރު އިންޑިއާ އަށާއި ދުނިޔެ އަށް އިތުރަށް ރާއްޖެ ހުޅުވާލަ ދޭނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓަކީ ރާއްޖެ-އިންޑިއާގެ ގުޅުމަށް ލިބުނު ކުރިއެރުމެއް: ނައިޑޫ
ހަނިމާދޫ އެއާޕޯޓަކީ ރާއްޖެ-އިންޑިއާގެ ގުޅުމަށް ލިބުނު ކުރިއެރުމެއް: ނައިޑޫ

އޭނާ ވިދާޅުވި ގޮތުގައި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ދެން ވާނީ ކުރިއެރުމާއި ފާގަތިކަމުގެ ހަބަކަށެވެ.

މިހާރު އުތުރުގައި އޮތް އެންމެ ބޮޑު އެއާޕޯޓު އަލުން ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތުގައި ނައިޑޫ ވިދާޅުވީ، އެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ އިންޑިއާގެ އެހީގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ހާއްސަ މަޝްރޫއު ކަމަށެވެ. އަދި އެއީ ރާއްޖޭގެ ތަރައްގީގައި ބައިވެރިވާން އިންޑިއާ އިން ތައްޔާރަށް އޮތް މިންވަރު ދައްކައިދޭ މަޝްރޫއުއެއް ކަމަށް ވިދާޅުވި އެވެ.

އެ އެއާޕޯޓުގައި އެންމަޑިއެއްގެ ބައްޓަމަށް ފަރުމާ ކޮށްފައިވާ ޓާމިނަލަކީ "އާކިޓެކްޓަރަލް މާވެލް" އެއް ކަމަށް ވެސް ނައިޑޫ ސިފަކުރެއްވި އެވެ.

"އަޅުގަނޑަށް ޔަގީން ހަނިމާދޫ އެއާޕޯޓުން ދިވެހިރާއްޖޭގެ އުތުރު އިންޑިއާ އަށާއި މުޅި ދުނިޔެ އަށް އިތުރަށް ހުޅުވާލަދޭނެކަން. އަދި އެއީ އެކަކު އަނެކަކާ ބައްދަލުވާ، އުފާފާގަތިކަމާއި ކުރިއެރުމުގެ ހަބަކަށް ވާނެކަން ވެސް ޔަގީން،" ނައިޑޫ ވިދާޅުވި އެވެ.

އަހަރެއްގެ ތެރޭގައި ގާތްގަނޑަކަށް 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރުގެ ޖާގައާ އެކު، ތަރައްގީކުރި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ސަބަބުން، އިންވެސްޓަރުންގެ އިތުބާރު ލިބި، ބޮޑުތިލަދުންމަތީގައި ޓޫރިޒަމް ކުރިއަރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދި ހަނިމާދު އާއި އުތުރުގެ އަތޮޅުތަކުގެ މަސްވެރިކަމުގެ އިންޑަސްޓްރީ އަށް ވެސް މި އެއާޕޯޓުގެ ފައިދާކުރާނެ،" ނައިޑޫ ވިދާޅުވި އެވެ.

އެއީ އޭނާ ވިދާޅުވި ގޮތުގައި، އެއީ ހަނިމާދޫގެ ރައްޔިތުންނަށް އިގުތިސާދީ ގޮތުން ފުޅާ ދާއިރާއެއްގައި ނަފާވާނެ ކަމެކެވެ.

ނައިޑޫ ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް މަޝްރޫއުއަކީ ހަމައެކަނި އުމްރާނީ ގޮތުން ލިބުނު ކުރިއެރުމެއް ގޮތުގައި ދެކެވަޑައިގެންނެވުމުގެ ބަދަލުގައި އޭނާ ގަބޫލު ކުރައްވަނީ އެއީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ވަރުގަދަ ގުޅުމަށް ވެސް ލިބުނު ކުރިއެރުމެއް ކަމަށެވެ.

"މި ހިނދުކޮޅަކީ އަޅުގަނޑުމެން ދެ ގައުމު ހިއްސާކުރާ ތަސައްވުރުގެ ހެއްކެއް،" އޭނާ ވިދާޅުވި އެވެ.

އެއީ އޭނާ ވިދާޅުވި ގޮތުގައި އެކުވެރިކަމާއި އިތުބާރާއި އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމުގެ މައްޗަށް ބިނާކޮށްފައިވާ ތަސައްވުރެކެވެ.

"މިކަން އިތުރަށް ހާއްސަ ވަނީ މިއީ އަޅުގަނޑުމެންގެ ޑިޕްލޮމެޓިކް ގުޅުމަށް 60 އަހަރު ފުރުނު އަހަރަށް މި އަހަރު ވާތީ،" ނައިޑޫ ވިދާޅުވި އެވެ.

ރާއްޖެއާ އިންޑިއާގެ ގުޅުމަކީ ތާރީހާއި ސަގާފަތުގެ ތެރެއިން ގުޅިފައިވާ ވަރުގަދަ ގުޅުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިންޑިއާ އާއި ރާއްޖޭގެ ރައްޔިތުންނާއި އިންޑިއާގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމުގެ ވަރުގަދަ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ދެ ގައުމުގެ ލީޑަރުން މި ފަހުން ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ގުޅުމަށް އިތުރު ދިރުމެއް ލިބުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ލީޑަޝިޕްގައި ދެ ގައުމުގެ ބައިލެޓަރަލް ގުޅުން ވަނީ ހަގީގީ މަލްޓި ޑައިމެންޝަނަލް ގުޅުމަކަށް ބަދަލުވެފައި ކަމަށް ވިދާޅުވެ، އެ ދެ ބޭފުޅުންނަށް ނައިޑޫ ތައުރީފު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުމަށް އިތުރު ދިރުމެއް ލިބުނީ މޯދީގެ "ނެއިބަހުޑް ފަސްޓް ޕޮލިސީ" އިންނެވެ.

،އިންޑިއާގެ ލޯނު އެހީގައި އަލުން ތަރައްގީކުރި ހަނިމާދޫ އެއާޕޯޓަކީ މި ވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓް ތަރައްގީ ކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫއު އެވެ. އެ އެއާޕޯޓުގެ އާ ޓާމިނަލް މިދިޔަ މަހުން ފެށިގެން އަންނަނީ ބޭނުންކުރަމުންނެވެ.

އެ އެއާޕޯޓު ތަރައްގީކޮށް، ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު، 2022 ގަ އެވެ.

އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އެއިރޯ ބްރިޖަކާއި ޑިއުޓީ ފްރީ އާއި ލައުންޖާއި އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތަކާއި ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީ ވެސް ވަނީ ހަދައިފަ އެވެ.