07 ނޮވެމްބަރ 2025 - 21:40

ޓްރީ ޓޮޕް ހޮސްޕިޓަލާއި ވިލާ ކޮލެޖާއި މަޔޯ ކްލިނިކް ގުޅިގެން އައިއެމްއީއާރުސީގެ ޕްރީ ކޮންފަރެންސް ވޯކްޝޮޕްތައް ބާއްވައިފި އެވެ.
ދެ ދުވަހުގެ މުއްދަތައް ބޭއްވި އެ ވޯކްޝޮޕްތައް ކުރިއަށް ގެންދިޔައީ މި މަހުގެ ތިން ވަނަ ދުވަހުން ހަތަރު ވަނަ ދުވަހަށެވެ. މި ވޯކްޝޮޕްތައް ފެށީ މަޔޯ ކްލިނިކްގެ ފެމިލީ މެޑިސިން އިންސްޓްރަކްޓާ، ޑރ. އެރިކް ލެވޭލް ލީޑު ކުރެއްވި ޕޮއިންޓް-އޮފް-ކެއާ އަލްޓްރާސައުންޑް (ޕީއޯސީޔޫއެސް) ވޯކްޝޮޕަކުންނެވެ. އެ ވޯކްޝޮޕްގައި ޑރ. ލެވޭލް ވަނީ ބެޑްސައިޑް އަލްޓްރާސައުންޑްގެ އަސާސީ އުސޫލުތަކާއި ކްލިނިކަލް ބޭނުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.
އެ ވޯކްޝޮޕްގެ ދެ ވަނަ ދުވަހުގެ ދަންފަޅީގައި، މަޝްހޫރު ރޭޑިއޮލޮޖިސްޓު އަދި ވެސްކިއުލާ މެޑިސިން ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. ހަރަލްޑޫ ބްޔާނާސަން، ވަނީ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ ސެޝަނެއް ނަގައިދެއްވައިފަ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓުން ތައާރަފުކޮށް، އައިއެމްއީއާރްސީގެ އޯގަނައިޒާ އަދި މަޔޯ ކްލިނިކްގެ ވެސްކިއުލާ މެޑިސިން ކޮންސަލްޓަންޓް، ޑރ. ރައްޔާ އަހުމަދު ސިއްދީގުގެ ހިޔާލުތައް ހިމެނުނު އެ ސެޝަންގައި ވަނީ މުހިންމު އުސޫލުތަކެއްގެ އަމަލީ ތަމްރީނު ދީފަ އެވެ. އޭގެ ތެރޭގައި ޕޯސްޓް-ސީއޭބީޖީ ފެމޯރަލް އާޓަރީ ޕްސޫޑޯއެނިއުރިޒަމް މެނޭޖްކުރުމާއި، ޕެރިފެރަލް ވެސްކިއުލާ ޑޮޕްލާ އެސެސްމަންޓް، އަލްޓްރާސައުންޑް-ގައިޑެޑް ވެސްކިއުލާ އެކްސެސް، އަދި ޑައިލިސިސްއަށް ވެސްކިއުލާ މެޕިން ހިމެނެ އެވެ.
މަޔޯ ކްލިނިކްއާ ގުޅިގެން ބޭއްވި މި ވޯކްޝޮޕްތަކުން، ޓްރީ ޓޮޕް ހޮސްޕިޓަލުން ކްލިނިކަލް ހުނަރުތައް ކުރިއެރުވުމަށާއި، ދެމިގެންދާ ޕްރޮފެޝަނަލް ތަރައްގީގެ ޒަރީއާއިން ސިއްހީ ހިދުމަތްތައް ރަނގަޅުކުރުމަށް ދެމުންގެންދާ އަހައްމިއްޔަތު ހާމަވެގެންދާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.