ދިރާގު ކަސްޓަމަރުންނަށް ކުޅިވަރު ޗެނަލްތައް ލިބޭ "މީޑިއާނެޓް އަންލިމިޓެޑް ސްޕޯޓްސް ޕާސް" ތައާރަފްކޮށްފި
ދިރާގު ކަސްޓަމަރުންނަށް ކުޅިވަރު ޗެނަލްތައް ލިބޭ "މީޑިއާނެޓް އަންލިމިޓެޑް ސްޕޯޓްސް ޕާސް" ތައާރަފްކޮށްފި

ކުޅިވަރަށް ހާއްސަ ޗެނަލްތައް ދިރާގު ކަސްޓަމަރުންނަށް ލިބޭ ގޮތަށް "މީޑިއާނެޓް އަންލިމިޓެޑް ސްޕޯޓްސް ޕާސް" ތައާރަފުކޮށްފި އެވެ.

ދުނިޔޭގެ އެންމެ މަގްބޫލު މުބާރާތްތައް ކަމަށްވާ ޕްރިމިއާ ލީގް، ޔޫއީއެފްއޭ ޗެމްޕިއަންސް ލީގް އަދި އެހެނިހެން ބޮޑެތި ފުޓްބޯޅަ މުބާރާތްތައް މި ހިދުމަތުގައި ވަގުތުން ބަލައިލެވޭނެ އެވެ.

ފުޓްބޯޅައިގެ އިތުރުން، ކްރިކެޓް، ވޮލީބޯޅަ، ބެޑްމިންޓަން، ޓެނިސް އަދި އިތުރު ކުޅިވަރުތައް ބަލައިލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

މި ހިދުމަތް، ދިރާގުއެޕް މެދުވެރިކޮށް 450ރ. އަށް "އަންލިމިޓެޑް ސްޕޯޓްސް ޕާސް" އެކްޓިވޭޓްކުރެވޭނެ އެވެ. ޕެކޭޖަށް ފައިސާ ދެއްކުމަށް، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެ ކަސްޓަމަރެއްގެ ބިލާ އެކު ފައިސާ ދެއްކޭއިރު ޕްރިޕެއިޑް ކަސްޓަމަރުންނަށް އެކައުންޓްގެ ބެލެންސް ބޭނުންކޮށްގެން ފަސޭހަކަމާ އެކު ފައިސާ ދެއްކޭނެ އެވެ.

މިއީ ދިރާގު އެޕް މެދުވެރިކޮށް މީޑިއާނެޓްގެ ޕެކޭޖެއް އެކްޓިވޭޓްކުރެވޭ ގޮތަށް ތައާރަފުކުރި ފުރަތަމަ ހިދުމަތެވެ. މި ޕެކޭޖް އެކްޓިވޭޓްކޮށްގެން އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް މި ހިދުމަތް ބޭނުންކުރެވޭނެ އެވެ.

ދިރާގުން އަންނަނީ އެންމެ ފަހުގެ މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި ތަފާތު ގިނަ ހިދުމަތްތައް ހެޔޮ އަގުގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ހާއްސަކޮށްގެން ފޯރުކޮށްދެމުންނެވެ.