07 ނޮވެމްބަރ 2025 - 21:26

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 300 އަށް ވުރެ ގިނަ ސްކޮލަޝިޕަށް ހުޅުވާލައިފި އެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އޮފިޝަލަކު މިރޭ ވިދާޅުވީ، 11 ދާއިރާއަކުން ސައުދީގެ ޔުނިވާސީޓީތަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. ޑިގްރީގެ 318 ފުރުސަތަށް ހުޅުވާލި ދާއިރާތަކަކީ؛
- ބިޒްނަސް މެނޭޖްމަންޓް
- މީޑިއާއާ ގުޅުން ހުރި ދާއިރާތައް
- ކޮމްޕިއުޓާ ސައިންސް ސްޓަޑީޒް
- ލޯ ސައިންސް
- އެޑިއުކޭޝަނަލް ސްޕެޝަލިޓީސް
- ސޯޝަލް ސައިންސަސް
- ދަނޑުވެރިކަން
- އިކޮނޮމިކް އަދި ޕޮލިޓިކަލް ސްޓަޑީޒް
- އިންޖީނިއަރިން މޭޖާ
- އިސްލާމިކް ފީލްޑް ސްޓަޑީޒް
- އަރަބިކް ސްޓަޑީޒް އަދި ބޭރުގެ އެހެން ބަސްތަކާ ގުޅުން ހުރި ދާއިރާތައް
ސައުދީގައި ހުރެގެން ކިޔެވުމުގެ އިތުރުން، އެ ގައުމުން ވަނީ ރާއްޖޭގައި ހުންނަ އިމާމް ޔުނިވާސިޓީ ކެމްޕަހުގައި ވެސް ހިލޭ ޑިޕްލޮމާ ކިޔެވުމަށް ހުޅުވާލައިފަ އެވެ.
ހަމައެކަނި ފިރިހެނުންނަށް ހާއްސަކޮށްފައިވާ އެ ފުރުސަތަށް އެދުމަށް ދެ ހަފުތާގެ މުއްދަތެއް ވަނީ ދީފަ އެވެ.
އޮފިޝަލް ވިދާޅުވީ ރާއްޖޭގެ ކެމްޕަހުގައި ކިޔަވައިދޭނީ އަރަބި ބަހަށް ތައްޔާރުވުން ކަމަށެވެ. ދެ އަހަރުގެ މުއްދަތަށް ގެންދާ ކޯހުގެ ކިޔެވުން އަންނަ ޑިސެމްބަރު 28 ގައި ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.