ޔަސީން ފުލުފުލުން ތާރީހުގެ ތެރެއަށް، އުމުރުން 15 އަހަރުގައި ރާއްޖޭގެ ސާފިން ޗެމްޕިއަނަކަށް!
ޔަސީން ފުލުފުލުން ތާރީހުގެ ތެރެއަށް، އުމުރުން 15 އަހަރުގައި ރާއްޖޭގެ ސާފިން ޗެމްޕިއަނަކަށް!

މި އަހަރުގެ ގައުމީ ސާފް ލީގުގެ ރަންނަމާރި ޗެލެންޖުގެ އޯޕަން އަދި ޖޫނިއާ ބައިގެ ޗެމްޕިއަންކަމާ އެކު، ޖޫނިއާ ލީގު ޗެމްޕިއަންކަން ވެސް އުމުރުން 15 އަހަރުގެ ޔަސީން އަހުމަދު ނާޝިދު އިއްޔެ ހޯދައިފި އެވެ.

ޔަސީން ފުލުފުލުން ތާރީހުގެ ތެރެއަށް، އުމުރުން 15 އަހަރުގައި ރާއްޖޭގެ ސާފިން ޗެމްޕިއަނަކަށް!
ޔަސީން ފުލުފުލުން ތާރީހުގެ ތެރެއަށް، އުމުރުން 15 އަހަރުގައި ރާއްޖޭގެ ސާފިން ޗެމްޕިއަނަކަށް!

މިއީ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) ގެ މުބާރާތެއްގައި ޖޫނިއާ ސާފަރަކު އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ ޔަސީން ޖޫނިއާ ލީގު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މި ތިން ކާމިޔާބީގެ އިތުރުން، ރަންނަމާރި ޗެލެންޖުގެ މަރުހަބާ ކަޕް ކާމިޔާބު ކުރި މާލޭ ޓީމުގައި ވެސް ޔަސީން ހިމެނެ އެވެ.

ޔަސީން ފުލުފުލުން ތާރީހުގެ ތެރެއަށް، އުމުރުން 15 އަހަރުގައި ރާއްޖޭގެ ސާފިން ޗެމްޕިއަނަކަށް!
ޔަސީން ފުލުފުލުން ތާރީހުގެ ތެރެއަށް، އުމުރުން 15 އަހަރުގައި ރާއްޖޭގެ ސާފިން ޗެމްޕިއަނަކަށް!

އޯޕަން ބައިގެ ޗެމްޕިއަންކަން ޔަސީން ހޯދީ އިއްޔެ ބޭއްވި ފައިނަލް ހީޓުގައި ތަޖުރިބާކާރު ސާފަރު ތުލުސްދޫގެ އަހުމަދު ހިޝާމް ޝަހީމްއާ ވާދަކޮށް ޖުމްލަ 16 ޕޮއިންޓް ހޯދައިގެންނެވެ. އެއީ އޭނާގެ 8 ވަނަ އަދި 9 ވަނަ ރާޅަށް 7.50 އާއި 8.50 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. ހިޝާމަށް ލިބުނީ 7 އަކާއި 5.57 އަކާ އެކު ޖުމްލަ 12.57 ޕޮއިންޓެވެ.

ޔަސީން ވަނީ ސެމީ ފައިނަލްގައި 16.67 ޕޮއިންޓާ އެކު 5.4 ޕޮއިންޓުގެ ތަފާތުން ކަޔާން އަބްދުﷲ އަރީފް ބަލިކޮށްފަ އެވެ. އަދި ހިޝާމް ފައިނަލަށް ދިޔައީ ސެމީގައި ޖުމްލަ 13.50 ޕޮއިންޓް ހޯދައިގެން 1.5 ޕޮއިންޓްގެ ތަފާތަކުން ސައްޔިދު ސަލާހުއްދީން ބަލިކޮށްގެންނެވެ.

ޔަސީން ވަނީ މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖްގެ ޖޫނިއާ ބައިން ވެސް ޗެމްޕިއަންކަން ހޯދައިފަ އެވެ. މި އަހަރުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން އޭނާ ހޯދީ ފައިނަލްގައި ޔޫސުފް ކަޔާން ހަމްދާން ޒަކީއާ ވާދަކޮށް 10.26 ޕޮއިންޓް ހޯދައިގެންނެވެ. ކަޔާން އަށް ލިބުނީ 9.30 ޕޮއިންޓެވެ.

ސެމީ ފައިނަލްގައި ޔަސީން ވަނީ ނޫހް މުހައްމަދު ދުނެއިމް އިރުޝާދާ ވާދަކޮށް 13.33 ޕޮއިންޓް ހޯދައިގެން 5.76 ޕޮއިންޓްގެ ތަފާތަކުން މޮޅުވެފަ އެވެ. އަދި ކަޔާން ވަނީ ސެމީގައި، މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން މުހައްމަދު އިނާން އަބްދުލް ހަންނާނާ ވާދަކޮށް 10.33 ޕޮއިންޓް ހޯދައިގެން 0.43 ޕޮއިންޓްގެ ތަފާތަކުން މޮޅުވެފަ އެވެ.

ލީގު ޗެމްޕިއަންކަން ދިނުމުގައި އެމްއެސްއޭ އިން ބެލީ މި އަހަރުގެ ލީގުގެ ތިން މުބާރާތުގެ ތެރެއިން އެންމެ މަތިން ސްކޯ ކުރި ދެ މުބާރާތުގެ ނަތީޖާއަށެވެ. ޔަސީން ވަނީ މި އަހަރުގެ ދެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. މުލީކޮޅުގައި ސައްޔިދު ޗެމްޕިއަންކަން ހޯދި ނަމަވެސް ރަންނަމާރީގެ އިތުރުން ލ. މާބައިދޫ މުބާރާތުގެ ޖޫނިއާ ޗެމްޕިއަންކަން ހޯދީ ވެސް ޔަސީން އެވެ.

އޯޕަން ބައިގައި ވެސް ވާދަކުރި ޔަސީން ލީގު ނިންމާލީ ސީނިއާ ރޭންކިންގެ ދެވަނައިގަ އެވެ. އޭނާ ވަނީ ފުރަތަމަ އޮތް މުލީކޮޅު ރާޅުގަނޑުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކޮށްފަ އެވެ. އަދި މާބައިދޫގައި އޮތް ކެރަންޑޫގެ ފައިނަލްގައި ވެސް ޔަސީން ވާދަ ކޮށްފައިވެ އެވެ.