ކެޓްރީނާ ވިހައިފި، ލިބުނީ ފިރިހެން ދަރިއެއް
ކެޓްރީނާ ވިހައިފި، ލިބުނީ ފިރިހެން ދަރިއެއް

ބޮލީވުޑްގެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފް އާއި ވިކީ ކައުޝަލްއަށް ފިރިހެން ދަރިއަކު މިއަދު ލިބިއްޖެ އެވެ.

ކެޓްރީނާ އާއި ވިކީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އެ ދެމަފިރިންނަށް އަލަތު ދަރިފުޅު ލިބުނުކަން އިއުލާންކޮށްފަ އެވެ. އެ ދެމަފިރިންނަށް ލިބުނީ ފިރިހެން ދަރިއަކު ކަމަށް ވެސް އެ ޕޯސްޓުގައި ބުންޏެވެ.

އެ ޕޯސްޓް އާންމުކުރުމާ އެކު ބޮލީވުޑްގެ ވަރަށް ގިނަ ތަރިން ވަނީ ކެޓްރީނާ އާއި ވިކީއަށް މަރުޚަބާ ކިޔައިފަ އެވެ. އަދި އެ ދެ ތަރިން ފޭނުން ވެސް އަންނަނީ މަރުޚަބާ ކިޔަމުންނެވެ.

ކެޓްރީނާ ވިހެއިރު، ޓޫރިޒަމް ޕްރޮމޯޓްކުރަން ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ކެޓްރީނާއަކީ ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެކެވެ.

ކެޓްރީނާ ބަލިވެއިންކަން މީޑިއާއަށް ތިލަވި ނަމަވެސް، މިއަދާ ހަމައަށް އެ ދެމަފިރިން އެކަމާ ބެހޭ ގޮތުން މީޑިއާއަށް އެއްވެސް ވާހަކައެއް ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް، މިދިޔަ ސެޕްޓެމްބަރު މަހު އިންސްޓާގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާ އޭރު ބަނޑުބޮޑުކަން ކަށަވަރުކޮށްދީފަ އެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން ވިކީ އާއި ކެޓްރީނާ ކައިވެނި ކުރީ ޑިސެމްބަރު 9، 2021 ގަ އެވެ.