"ވަރަ އެކްސްޕޯ 2025" ފަށައިފި
"ވަރަ އެކްސްޕޯ 2025" ފަށައިފި

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމު ކޮށްގެން ހުޅުމާލޭގައި ބާއްވާ "ވަރަ އެކްސްޕޯ 2025" ރައީސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އިއްޔެ އިފުތިތާހުކޮށްދެއްވައިފި އެވެ.

"ވަރަ އެކްސްޕޯ 2025" ފަށައިފި
"ވަރަ އެކްސްޕޯ 2025" ފަށައިފި

ހުޅުމާލެ ސެންޓްރަލް ޕާކުގައި މާދަމާ ރޭގެ 10 ޖަހަންދެން ކުރިއަށް ގެންދާ "ވަރަ އެކްސްޕޯ" ފެށީ އިއްޔެ ހަވީރެވެ.

"ވަރަ އެކްސްޕޯ 2025" ފަށައިފި
"ވަރަ އެކްސްޕޯ 2025" ފަށައިފި

ރައީސް އޮފީހުން ބުނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބާއްވާ އެ އެކްސްޕޯގައި ތައުލީމާއި ތަމްރީނާއި ހުނަރާ ގުޅުން ހުރި މުއައްސަސާތަކާއި ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭހެން 166 އެގްޒިބިޓަރުން ބައިވެރިވާ ކަމަށެވެ.

އެ އެކްސްޕޯ މެދުވެރިކޮށް، ވަޒީފާ އާއި ދަސްވާރުކަމުގެ ފުރުސަތުތައް ހުޅުވާލެވިފައިވާ ކަމަށާއި ވަޒީފާގެ ބާޒާރާއި ތައުލީމާއި ތަމްރީނާ ގުޅުން ހުރި މަސައްކަތު ބައްދަލުވުންތަކާއި ޕެނަލް ޑިސްކަޝަންތައް ވެސް އެ އެކްސްޕޯގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެ އެކްސްޕޯ އިފްތިތާހުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، މިދިޔަ ދެ އަހަރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ކާމިޔާބު މަސައްކަތްތައް ދައްކުވައިދޭ ހާއްސަ ފޮތް، "ކުރިމަގަށް ތައްޔާރު ދިވެހިރާއްޖެ - ތަޢުލީމާއި ތަމްރީނުގެ އާ ޒަމާނެއް" ވެސް ފަސްޓް ލޭޑީ ސާޖިދާ ނެރެދެއްވި ކަމަށެވެ.

އެ ރަސްމިއްޔާތަށް ފަހު، ފަސްޓް ލޭޑީ އެ އެކްސްޕޯ ބައްލަވައިލެއްވި އެވެ.