އެލައިޑުން ކޮންޓްރެކްޓަރުންނަށް ހާއްސަ ކަވަރޭޖް ޕްލޭނެއް!
އެލައިޑުން ކޮންޓްރެކްޓަރުންނަށް ހާއްސަ ކަވަރޭޖް ޕްލޭނެއް!

ތަފާތު އެކި ޕްރޮޖެކްޓުތައް ހިންގާ ކޮންސްޓްރަކްޝަން ސައިޓުތަކަކީ އަގު ބޮޑު ހެވީ މެޝިނެރީތަކާއި އިމާރާތްކުރުމަށް ބޭނުންވާ ތަފާތު އެކި ސާމާނުތައް ގެންގުޅޭ ތަނެކެވެ. އެފަދަ ތަނަކުން ވައްކަމެއް ކޮށްފި ނަމަ ނުވަތަ ކުއްލި ހާދިސާއަކާ ގުޅިގެން، ތަނުގައި ބޭނުންކުރާ ތަކެއްޗަށް ނުވަތަ އެތަނަށް ގެއްލުމެއް ވެއްޖެ ނަމަ ބޮޑު މާލީ ގެއްލުމަކާއި ކުރިމަތިލާން ޖެހެ އެވެ.

ކޮންޓްރެކްޓަރުން ޕްރޮޖެކްޓުތަކާ ހަވާލުވެ, މަސައްކަތް ފެށުމުގެ ކުރިން މިފަދަ ކަންތައްތަކަށް ތައްޔާރުވުމުގެ ގޮތުން ރަނގަޅު އިންޝުއަރެންސް ޕްލޭނެއް ހިޔާރުކުރުން މުހިންމުވަނީ އެހެންވެ އެވެ.

އެލައިޑް އިންޝުއަރެންސްގެ "ކޮންޓްރެކްޓާސް އޯލް ރިސްކްސް" ޕްލޭނަކީ މިފަދަ އެކި ހާލަތްތަކުން ކޮންޓްރެކްޓަރުންނަށް ލިބިދާނެ މާލީ ގެއްލުމަކަށް ބަދަލު ލިބޭނެ, ފުރިހަމަ ރައްކާތެރިކަން ހޯދައިދޭ އިންޝުއަރެންސް ޕްލޭނެކެވެ.

މި ޕްލޭންގެ ދަށުން ރެޒިޑެންޝަލް, ކޮމާޝަލް އަދި ރިސޯޓު ޕްރޮޖެކްޓުތައް ފަދަ އެކި ޕްރޮޖެކްޓުތަކުގެ ކޮންސްޓްރަކްޝަން ސައިޓުތަކަށް އިންޝުއަރެންސް ލިބޭނެ އެވެ. އަދި އެތަންތަނުގައި ބޭނުންކުރާ މެޝިނަރީތަކާއި އިކުއިޕްމަންޓަށް ވެސް ކަވަރޭޖް ލިބޭނެ އެވެ.

ކޮންސްޓްރަކްޝަން ސައިޓުތަކަކީ މީހަކަށް އަނިޔާއެއް ލިބިދާނެ ފަދަ ހާދިސާއެއް ހިނގާފާނެ ތަނެކެވެ. ހާއްސަކޮށް، މަގަށްވާ ގޮތަށް ހުންނަ ތަންތަނުގައި އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރާއިރު, މަދުން ނަމަވެސް, މީހުންނަށް ގެއްލުން ލިބޭ އެކި ހާދިސާތައް ހިނގަ އެވެ. މިފަދަ ހާދިސާއަކުން މީހަކަށް ނުވަތަ ތަނަކަށް ގެއްލުންވެއްޖެ ނަމަ, ގާނޫނީ އެހީ ހޯދުމަށް ބޭނުންވާ ކަވަރެޖް މި ޕްލޭނުން ލިބޭނެ އެވެ.

މި ޕްލޭންގެ ދަށުން، އަލިފާނުގެ ހާދިސާއަކުން ނުވަތަ ހޮނުއެޅުން ފަދަ ގުދުރަތީ ހާދިސާއެއް ހިނގައިގެން ލިބޭ ގެއްލުމަށް ވެސް ކަވަރޭޖް ލިބޭނެ އެވެ. އަދި ބަޔަކު ގަސްތުގައި ދޭ ގެއްލުމާއި ވައްކަމާއި ކަރަންޓުގެ މައްސަލަތަކުން ކުރިމަތިވާ އެކި ހާދިސާތަކަށް ވެސް ކަވަރެޖް ލިބޭނެ އެވެ.

އެލައިޑުގެ މި ޕްލޭންގެ ދަށުން ބަދަލު ހޯދުމަށް އަލިފާނުގެ ހާދިސާއެއް ނުވަތަ ބަޔަކު ގަސްތުގައި ގެއްލުމެއް ދިނުމާއި ވައްކަމުގެ ހާދިސާއެއް ހިނގައިފި ނަމަ ފުލުހުންނަށް ރިޕޯޓުކޮށް, ޕޮލިސް ރިޕޯޓު ހުށައަޅަން ޖެހޭނެ އެވެ. އަދި ލިބޭ ގެއްލުންތައް އެލައިޑުން ދެނެ ގަތުމަށް އެތަނެކަށް ލިބިފައި ހުރި ގެއްލުމެއް ހުރި ގޮތަށް ބަހައްޓަން ޖެހޭނެ އެވެ. އަދި ރިޕެއާގެ މަސައްކަތްތައް ކުރަން ޖެހޭނީ އެލައިޑުގެ އެޕްރޫވަލްއާ އެކު އެވެ.

މި ޕްލޭން ނެގުމަށް ހުށައަޅަން ޖެހޭ ޕްރޮޕޯޒަލް ފޯމާއި ކޯޓޭޝަން އެލައިޑުގެ ވެބްސައިޓުން ލިބޭނެ އެވެ. އިންޝުއަރެންސް ކްލެއިމް ކުރުމާއި އިންޝުއަރެންސް ޕްލޭނާއި ގުޅޭ އިތުރު މައުލޫމާތު 1600 އިން ލިބޭނެ އެވެ.

ނޯޓު: މިއީ އެލައިޑް އިންޝުއަރެންސްގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.