އެމްއެޗްއޭގައި "ޑރ. އޮޓްކާ"ގެ ފްރޯޒަން ޕިއްޒާ އާއި ހާގެންޑާޒް އައިސްކްރީމްގެ ހާއްސަ އޮފާތަކެއް
އެމްއެޗްއޭގައި "ޑރ. އޮޓްކާ"ގެ ފްރޯޒަން ޕިއްޒާ އާއި ހާގެންޑާޒް އައިސްކްރީމްގެ ހާއްސަ އޮފާތަކެއް

އެމްއެޗްއޭގައި ވިއްކާ މަގުބޫލު "ޑރ. އޮޓްކާ"ގެ ފްރޯޒަން ޕިއްޒާ އާއި ހާގެންޑާޒް އައިސްކްރީމްގެ ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

އެ އޮފާގެ ދަށުން އެ ބްރޭންޑުގެ ޓްރެޑިޒޮނޭލް ކަލެކްޝަންގެ ޕިއްޒާތަކާއި ރިސްޓޮރަންޓޭ ކްލެސިކް ކަލެކްޝަންގެ ޕިއްޒާތަކާއި ރިސްޓޮރަންޓޭ ރިސްޓޮރަންޓޭ މާގަރީޓާ ޕިއްޒާ ވެސް 75ރ. އަށް ލިބޭނެ އެވެ. އެ ފިހާރައިގައި ވިއްކާ ޓްރެޑިޒޮނޭލް ކަލެކްޝަނުގެ ޕިއްޒާތަކުގެ ތެރޭގައި 385 ގުރާމްގެ މޮޒެރެއްލާ އެންޑް ޕެސްތޯ އާއި 415 ގްރާމްގެ ސްޕިނެޗް އެންޑް ރިކޯޓާ ހިމެނެ އެވެ. މިއީ ގޯމޭ ޓޮޕިން ހިމެނޭ ރަސްޓިކް ޑޯއެއްގައި ތައްޔާރުކޮށްފައިވާ ޕިއްޒާތަކެކެވެ.

އެ ބްރޭންޑުގެ ރިސްޓޮރަންޓޭ ކްލެސިކް ކަލެކްޝަނުގެ ޕިއްޒާތަކުގެ ތެރޭގައި ހިމެނެނީ 355 ގުރާމުގެ މޮޒެރެއްލާ އާއި 390 ގުރާމުގެ ސްޕިނެޗް އަދި 320 ގުރާމުގެ ޕެޕަރޯނިީ އާއި 345 ގުރާމުގެ ރެސްޓޮރެންޓޭ ސްޕެޝާލް ފްލޭވާ އެވެ. މިއީ ކްރިސްޕީ، ތުނި ކްރަސްޓަކާއި ބޯލްޑް ޓޮޕިންގްސް ހިމެނޭ ޕިއްޒާތަކެކެވެ.

އެމްއެޗްއޭއިން ހާގެންޑާޒްއަށް ތައާރަފްކުރި އޮފާ އަކީ 100އެމްއެލްގެ ހަތަރު އައިސް ކްރީމް ތަށީގެ ތަފާތު ތިން ބަންޑަލްއެއް ހެޔޮ އަގުގައި ލިބޭ އޮފާއެކެވެ. އޭގެ ތެރޭގައި ހިމެނޭ ފްރުޓް ކަލެކްޝަނަކީ އާއްމު އަގުގައި 150ރ. އަށް ލިބޭނެ ބަންޑަލެކެވެ. މި އޮފާގެ ދަށުން 99ރ. އަށް ސަމާ ބެރީޒް ކްރީމް ވިތް ސްވާލް އާއި މެންގޯ ރާސްބެރީ އާއި މެންގޯ އެންޑް ކްރީމް އަދި ބްލޫބެރީޒް އެންޑް ކްރީމް ހިމެނޭ އައިސްކްރީމް ބަންޑަލް 99ރ. އަށް ލިބޭނެ އެވެ.

އެ އޮފާގެ ދަށުން 190ރ.ގެ ގޯމޭ ކަލެކްޝަން ބަންޑަލް މި އޮފާގެ ދަށުން 140ރ. އަށް ލިބޭނެ އެވެ. އެ ބަންޑަލްގައި މަޗާ ގްރީން ޓީ އާއި މެކެޑޭމިއާ ނަޓް ބްރިޓަލް އާއި ޓިރަމިސޫ ކޮފީ އެންޑް މާސްކަޕޯންގެ އިތުރުން ޗޫރޯޒް ފްލޭވާގެ އައިސްކްރީމް ތަށި ހިމެނެ އެވެ.

އެ އޮފާގެ ދަށުން ވިއްކާ ޓައިމްލެސް ކްލެސިކް ބަންޑަލް އަކީ އާއްމު އަގުގައި 160ރ. ގެ ބަންޑަލްއެކެވެ. އެ ބަންޑަލް މި އޮފާގެ ދަށުން 99ރ. އަށް ލިބޭނެ އެވެ. އެ ބަންޑަލްގައި ހިމެނެނީ ކުކީޒް އެންޑް ކްރީމް، ސްޓްރޯބެރީ އަދި ކެރަމަލް ބިސްކަޓް އެންޑް ކްރީމް އާއި ވެނީލާ އެވެ.

އެމްއެޗްއޭ އިން މި މަހަށް ކަނޑައަޅާފައިވާ ޑީލްތައް އެ ޕްރޮޑަކްޓެއްގެ ސްޓޮކް ހުސްވަންދެން ލިބޭނެ އެވެ. މި ޑީލްތައް ލިބޭނީ އެމްއެޗްއޭގެ ރީޓެއިލް ފިހާރަތަކުންނެވެ. އެމްއެޗްއޭއިން ކޮންމެ މަހަކު ވެސް ކަސްޓަމަރުންގެ މެދުގައި މަގުބޫލު އެކި ޕްރޮޑަކްޓުތަކުގެ ހާއްސަ އޮފާތަކެއް ހުޅުވާލަ އެވެ.