30 މާޗް 2017 - 10:29

ދުނިޔޭގެ ކާނާގެ ބާޒާރުގެ ސަބަބުން އެކި ސަރަހައްދުތަކުން ފެން ހުސްވުމުގެ ބިރު ކުރިމަތިވެފައިވާ ކަމުގެ އިންޒާރު ސައިންސްވެރިން ދީފި އެވެ.
އާ ދިރާސާއަކުން ދެއްކި ގޮތުގައި ކާނާގެ ބާވަތްތައް އުފައްދަން ފެން ބޭނުންކުރަނީ ގުދުރަތީ ގޮތުން އަލުން ފެން ލިބޭ މިންވަރަށް ވުރެ މާ ގިނައިންނެވެ.
ދުުނިޔޭގެ ކާނާގެ ބާޒާރުގެ ޑިމާންޑް ބޮޑުކަމުން ދަނޑުވެރިކަން ކުރަން ބޭނުންކުރަން ޖެހެނީ، ސައިންސްވެރިން ބުނާ ގޮތުގައި، އިޔާދަނުކުރެވޭ ގޮތަށް، ބިމު އަޑިން ނަގާ ފެނެވެ.
ދެމެހެއްޓެނިވި އުސޫލުތަކުން ބޭރުން އެންމެ ބޮޑަށް ދަނޑު ހައްދައި، އެ އުފެއްދުންތައް ބޭރުކުރަނީ އެމެރިކާ އާއި އިންޑިއާ އަދި ޕާކިސްތާނުންނެވެ.
ސައިންސްވެރިން ބުނާ ގޮތުގައި އެކަށީގެންވާ ފިޔަވަޅެއް ނޭޅިއްޖެ ނަމަ ދުނިޔޭގެ ކާނާގެ ސަޕްލައި އަށް ވަރަށް ބޮޑު ނުރައްކަލެއް ވެސް ކުރިމަތިވެދާނެ އެވެ.
ދިރާސާ އިން ދައްކާ ގޮތުގައި ގޮވާމުގެ ބާވަތްތައް ހައްދަން ބޭނުންކުރާ 43 ޕަސެންޓް ފެން ނަގަނީ، ކޯރު ފަދަ ވަސީލަތްތަކުގެ ބަދަލުގައި، ބިމު އަޑިންނެވެ. އަދި އެއީ ވާރޭ ވެހި ބިމަށް ފެން ހިނދޭ މިންވަރަށް ވުރެ މާ ގިނައިން ކަމަށް ވެސް ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.
ސައިންސްވެރިން 2000 ވަނަ އަހަރު ގަބޫލުކުރީ ގޮވާމުގެ ދަނޑުވެރިކަމުގައި ބޭނުންކުރާ ފެނުގެ 20 ޕަސެންޓް ނަގާނީ ބިމު އަޑިން ކަމަށެވެ. އެކަމަކު 2010 ވަނަ އަހަރަށް އައިއިރު އެ މިންވަރު ފަސް ގުނައަށް އިތުރުވި ކަމަށް ސައިންސްވެރިން ބުނެ އެވެ.
ފެނުގެ މުއްސަނދިކަން ކުޑަވަމުން ދާކަން މާ ކުރިންސުރެ ވެސް ސައިންސްވެރިންނަށް އެނގެ އެވެ. އެކަމަކު ދުނިޔޭގެ ކާނާގެ ބާޒާރުގެ ޑިމާންޑް ބޮޑުވަމުން ގޮސް އޭގެ ނުބައި އަސަރު، ފެނަށް ކުރާ މިންވަރު ދެނެގަންނަން މިއަށް ވުރެ ސާފު ދިރާސާއެއް އަދި ނުހަދަ އެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ކާޑުގެ ބާވަތްތައް އެތެރެކުރަނީ ބިމުން ނަގާ ފެން ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާ ގައުމުތަކުންނެވެ.
މިދިއަ 10 އަހަރުގެ ތެރޭގައި ޗައިނާގައި އެކަނި ވެސް ދަނޑުވެރިކަމަށް ބިމު އަޑީގެ ފެން ބޭނުންކުރާ މިންވަރު ވަނީ ދެ ގުނަ މައްޗަށް ގޮސްފަ އެވެ. އަދި އިންޑިއާ އާއި އެމެރިކާގައި ނިސްބަތުން މައްޗަށް ގޮސްފައިވެ އެވެ. ބިމު އަޑީގެ ފެން ބޭނުންކޮށްގެން އެންމެ ގިނައިން ހައްދާ ބާވަތްތަކުގެ ތެރޭގައި ހަނޑުލާއި ގޮދަން ހިމެނެ އެވެ.
"ފެން ނެތެމުން ދަނީ ކަންބޮޑުވާން ޖެހޭ ނިސްބަތަކަށް. އިމްޕޯޓްކުރާށާއި ގައުމަށް ބޭނުންވާ ވަރަށް ދަނޑުގޮވާން ކުރަން ޖެހޭ އެކަމަކު ފެނުމުގެ މައްސަލާގައި ނުރައްކަލުގައި އޮތް ގައުމުތައް ބައިވަަރު،" ދިރާސާގެ އިސް ސައިންސްވެރިއެއް ކަމަށްވާ ޔުނިވަސިޓީ ކޮލެޖް ލަންޑަންގެ ޑރ. ކެރޯލް ޑާލިން ވިދާޅުވި އެވެ.
"ފެނުގެ ރިޒާވު ހުސްވެއްޖެ ނަމަ ކާނާގެ އަގަށް އަސަރުކުރާނެ، އެއީ މުޅި ދުނިޔޭގެ އާބާދީ ވެސް އަސަރުކުރުން."