އައްޑޫގައި 1،000 އެނދުގެ އައްސޭރި ޓޫރިޒަމްގެ މަޝްރޫއެއް ހިންގަން އެމްޓީޑީސީއާ އެކު ސޮއިކޮށްފި
އައްޑޫގައި 1،000 އެނދުގެ އައްސޭރި ޓޫރިޒަމްގެ މަޝްރޫއެއް ހިންގަން އެމްޓީޑީސީއާ އެކު ސޮއިކޮށްފި

އައްޑޫގައި 1،000 އެނދުގެ އައްސޭރި ޓޫރިޒަމްގެ މަޝްރޫއެއް ހިންގަން އެމްޓީޑީސީއާ އެކު އެއްބަސްވުމުގައި މިރޭ ސޮއިކޮށްފި އެވެ.

އައްޑޫގައި 1،000 އެނދުގެ އައްސޭރި ޓޫރިޒަމްގެ މަޝްރޫއެއް ހިންގަން އެމްޓީޑީސީއާ އެކު ސޮއިކޮށްފި
އައްޑޫގައި 1،000 އެނދުގެ އައްސޭރި ޓޫރިޒަމްގެ މަޝްރޫއެއް ހިންގަން އެމްޓީޑީސީއާ އެކު ސޮއިކޮށްފި

އެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އައްޑޫ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާގަ އެވެ.

އައްޑޫގައި 1،000 އެނދުގެ އައްސޭރި ޓޫރިޒަމްގެ މަޝްރޫއެއް ހިންގަން އެމްޓީޑީސީއާ އެކު ސޮއިކޮށްފި
އައްޑޫގައި 1،000 އެނދުގެ އައްސޭރި ޓޫރިޒަމްގެ މަޝްރޫއެއް ހިންގަން އެމްޓީޑީސީއާ އެކު ސޮއިކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދެވެ. އަދި އެމްޓީޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ނިޔާޒެވެ.

އެއީ 600 ކޮޓަރި ނުވަތަ 1،000 އެނދުގެ މަޝްރޫއެއް ކަމަށް ސަރުކާރުން ބުންޏެވެ.

އައްޑޫގެ ޓޫރިޒަމް ތަރައްގީކުރުމަށްޓަކާ 6،000 އެނދު އިތުރުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އައްޑޫގެ ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކާ "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭން" މި ސަރުކާރުން މިދިޔަ އަހަރު ވަނީ އެކުލަވާލައިފަ އެވެ. އެ ޕްލޭންގެ ދަށުން އައްޑޫގައި 6،000 އެނދު ތަރައްގީ ކުރާނެ އެވެ. އަދި އެއާ އެކު، 10،000 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް ވެސް އެ ޕްލޭންގައި ލަފާކޮށްފައިވެ އެވެ.

• ފޭދޫގައި އައިޑީކާޑާއި ޕާސްޕޯޓްގެ ހިދުމަތް ފެށުމާއި ހިއްކާފައިވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމްކުރުމާއި އިސްރަށްވެހިންގެ ހިޔާ އިމާރާތްކުރުމާއި ނެޓްބޯޅަ ކޯޓެއް ހެދުމާއި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުން

• ހިތަދޫގައި ޕާސްޕޯޓްގެ ހިދުމަތް ފެށުމާއި އާ ސެންޓްރަލް ޕާކެއް ހެދުން

• ހިތަދޫގައި 100 އަދި މަރަދު އާއި ފޭދޫގެ 50 ހައުސިން ޔުނިޓް އެޅުން

• މަރަދޫފޭދޫގައި ފަތާ ޓްރެކެއް ހެދުމާއި އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަސްއަކާއި ދަނާލެއް ހެދުން

• މަރަދޫ ޕޮލިސް ސްޓޭޝަން އެޅުމާއި ސިއްހީ މަރުކަޒުގެ އާ އިމާރާތް އެޅުން

• ޝަރަފުއްދީން ސްކޫލާއި މަރަދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުން

• އައްޑޫގައި ވަގުފް އިމާރާތެއް އެޅުން

• އައްޑޫގައި ޔޫތު ތާޑް ސްޕޭސް ތަރައްގީކުރުމުގެ މަޝްރޫއެއް