ހުޅުދު އާއި މީދު އިދާރީ ގޮތުން ވަކިކުރުމަކީ ރައްޔިތުން އުއްމީދުކުރާ ތަރައްގީގެ ފެށުން: ރައީސް
ހުޅުދު އާއި މީދު އިދާރީ ގޮތުން ވަކިކުރުމަކީ ރައްޔިތުން އުއްމީދުކުރާ ތަރައްގީގެ ފެށުން: ރައީސް

އައްޑޫ ހުޅުދު އާއި މީދޫ އިދާރީ ގޮތުން ވަކިކުރުމަކީ މި ދެ ރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އުއްމީދުކުރަމުން އަންނަ ތަރައްގީ ހާސިލްކޮށްދިނުމުގެ ފެށުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުދު އާއި މީދު އިދާރީ ގޮތުން ވަކިކުރުމަކީ ރައްޔިތުން އުއްމީދުކުރާ ތަރައްގީގެ ފެށުން: ރައީސް
ހުޅުދު އާއި މީދު އިދާރީ ގޮތުން ވަކިކުރުމަކީ ރައްޔިތުން އުއްމީދުކުރާ ތަރައްގީގެ ފެށުން: ރައީސް

ރައީސް އައްޑުއަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ހުޅުދު އާއި މީދުއަށެވެ. މި ދެ ރަށުގެ ރައްޔިތުން ވަނީ އެކުގައި، މި ރަށުގެ ބަނދަރުން އެ މަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ހުޅުދު އާއި މީދު އިދާރީ ގޮތުން ވަކިކުރުމަކީ ރައްޔިތުން އުއްމީދުކުރާ ތަރައްގީގެ ފެށުން: ރައީސް
ހުޅުދު އާއި މީދު އިދާރީ ގޮތުން ވަކިކުރުމަކީ ރައްޔިތުން އުއްމީދުކުރާ ތަރައްގީގެ ފެށުން: ރައީސް

ހުޅުދު އާއި މީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސ. އަތޮޅު މަދަރުސާގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިދާރީ ގޮތުން ހިންގުމުގެ ނިޒާމުގެ ތެރެއިން މި ދެ ރަށުގެ ރައްޔިތުންނަށް ލިބިފައިވާ "ދެރަ ނިކަމެތިކަމަށް" ނިމުމެއް ގެނެސްދިނީ ރައްޔިތުން އެކަމަށް އެދުމުން ކަމަށެވެ. ފެންނަ/ނުފެންނަ ވޯޓެއް ނަގައި، މި ދެ ރަށުގެ ރައްޔިތުން ބޭނުންވި ގޮތަށް އެ ބަދަލު ގެނެސްދެވުމުން އުފާކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަމަށްޓަކައި މި ދެ ރަށުގެ ލޮބުވެތި ރައްޔިތުންނަށް މަރުހަބާ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިދާރީ ގޮތުން ހުޅުދު އާއި މީދޫ ވަކިވުމަކީ މި ދެ ރަށުގެ ރައްޔިތުން އުއްމީދުކުރި ތަރައްގީ ހާސިލްކޮށްދިނުމުގެ ފެށުން ކަމަށެވެ.

ރައީސް ވިދާޅުވީ އިދާރީ ހިންގުމުގެ ނިޒާމަށް މި އައި ބަދަލާ އެކު، ދެ ރަށަށް ބޭނުންވާ އަސާސީ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ހަމަޖެހޭނެ ކަމަށެވެ.

ރައީސް ހުޅުދު އާއި މީދުއަށް ވަޑައިގެންނެވިއިރު، އައްޑޫ ސިޓީން އެ ދެ ރަށް ވަކިކޮށް، ވަކި ދެ ކައުންސިލެއް އުފައްދަން އެމަނިކުފާނު ވަނީ މިދިޔަ ހޯމަ ދުވަހު ނިންމަވައިފަ އެވެ. އެގޮތަށް ރައީސް ނިންމެވީ، އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާން، އައްޑޫގައި އެއްފަސްކޮށް އޮންނަ ރަށްރަށާ މުޅިން ވަކިން އޮންނަ މީދު އާއި ހުޅުދޫގެ އިތުރުން ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް މިދިޔަ މަހުގެ 25 ގައި ނެގި ފެންނަ/ނުފެންނަ ވޯޓުގެ ނަތީޖާއަށް ރިއާޔަތް ކުރައްވައި ނެރުއްވި ގަރާރެއްގަ އެވެ.

ރައީސް ވިދާޅުވީ ހުޅުދު އާއި މީދޫއަކީ ބިމުގެ ގޮތުން އެއްފަސް ތަނަކަށް ވާތީ، މި ދެ ރަށުގެ އިހުތިސާސް ކަނޑައެޅުމުގައި ސަރުކާރުން ރައްޔިތުން ބޭނުންވާނެ ގޮތަށް އެކަން ކުރަން ވިސްނާފައިވާ ކަމަށެވެ.

ހުޅުދޫ ކައުންސިލާއި މީދޫ ކައުންސިލްގެ އިހުތިސާސް ކަނޑައެޅުމުގައި އިމެއްގެ ގޮތުގައި ސަރުކާރުން ބަލާނީ މެދު ބަނދަރަށް ދާ މަގުގެ ހުޅަނގު އުތުރު ފަޅިން ފެށިގެން ގޮސް، ސ. އަތޮޅު މަދަރުސާ ދެކުނުން އޮތް އާބާދު މަގު، ސީދާ އިރަށް ދަމާލުމުން އެ މަގުގެ ގޮސް ނިމޭ ހިސާބުގެ އުތުރު ފަޅިއަކީ މީދޫ ކަމާއި ދެކުނު ފަޅިއަކީ ހުޅުދޫ ކަމުގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތާރީޙުގައި ވެސް މި ދެ ރަށް ވަކިކުރުމުގައި ބަލާފައިވާ ގޮތް ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަނީ ހުޅުދު އާއި މީދޫގައި ބައެއް މަޝްރޫއުތައް އިއުލާންކޮށް އަދި ނިމިފައިވާ މަޝްރޫއުތައް އިފްތިތާހުކޮށްދެއްވައިފަ އެވެ.

• ހުޅުދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފެށުން

• މީދޫގައި އައިޑީ ކާޑު އަދި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފެށުން

• ހުޅުދު އާއި މީދޫގެ ސިއްހީ މަރުކަޒު 300 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އާ އިމާރާތެއް އެޅުން. އެ މަސައްކަތް ހަވާލުކުރީ ދި ގްލަޓް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާ.

• ސ. އަތޮޅު މަދަރުސާގެ އާ އިމާރާތް ބިނާކުރުމުގެ މަސައްކަތް ފެށުން. އެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ.

• ހުޅުދު އާއި މީދޫގެ މަގު ހެދުމުގެ މަޝްރޫއު ފެށުން.

• ހުޅުދޫގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުން.

• ހުޅުދޫގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ހެދުން.

•ހުޅުދު އާއި މީދޫގައި ވޭސްޓް މެނޭޖުމަންޓް ސެންޓަރެއް އެޅުން.

• އެމްއައިބީގެ އޭޓީއެމްއެއް ހުޅުވުން.