05 ނޮވެމްބަރ 2025 - 12:42

އައްޑޫ ސިޓީ ހިތަދޫގެ ފްލެޓެއްގެ މަތިން އަންހެން ކުއްޖަކު ވެއްޓި، އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިތަދޫގެ 14 ވަނަ ޓަވަރުގެ ދެ ވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިގެން ދަންވަރު 12:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވީ 15 އަހަރުގެ ކުއްޖަކަށެވެ.
އެ ކުއްޖާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.
އެ ހޮސްޕިޓަލުން ބުނީ ކުއްޖާގެ ހާލު ރަނގަޅު ނަމަވެސް، އިތުރު އިންވެސްޓިގޭޝަންތައް ހަދަމުންދާ ކަމަށެވެ.
"އެކި ވަރުގެ އަނިޔާ ލިބިފައިވޭ،" އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
ހުޅުމާލޭގައި މިދިޔަ ހޮނިހިރު ދުވަހު ވެސް އިމާރާތެއްގެ މަތިން މީހަކު ވެއްޓި، ވަނީ މަރުވެފަ އެވެ. އަދި މާލޭގެ އިމާރާތެއްގެ ހަ ވަނަ ބުރިން، ވައި ގޮޅިއަށް ވެއްޓުނު މީހަކު ވެސް ރޭ ވަނީ މަރުވެފަ އެވެ.