އިގްތިސާދީ އަނދަވަޅުން އަރައި ވަށައިޖެހޭ ތަރައްގީއެއް ގެނެވޭނެ: ރައީސް
އިގްތިސާދީ އަނދަވަޅުން އަރައި ވަށައިޖެހޭ ތަރައްގީއެއް ގެނެވޭނެ: ރައީސް

ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ އިގްތިސާދު ވެއްޓިފައި އޮތް އަނދަވަޅުން އަރައިގަނެ، ވަށައިޖެހޭ ތަރައްގީއެއް ގައުމަށް ގެނެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އިގްތިސާދީ އަނދަވަޅުން އަރައި ވަށައިޖެހޭ ތަރައްގީއެއް ގެނެވޭނެ: ރައީސް
އިގްތިސާދީ އަނދަވަޅުން އަރައި ވަށައިޖެހޭ ތަރައްގީއެއް ގެނެވޭނެ: ރައީސް

ފުވައްމުލަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފުވައްމުލަކު ސްކޫލުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. މި ސަރުކާރު ވެރިކަމަށް އައިރު ދިވެހި ދައުލަތް އޮތީ ވަރަށް ބޮޑަށް ދަރައި، "ބަނގުރޫޓުވުމުގެ ހާލަތުގައި" ކަމަށް ރައީސް ވިދާޅުވި އެވެ.

އިގްތިސާދީ އަނދަވަޅުން އަރައި ވަށައިޖެހޭ ތަރައްގީއެއް ގެނެވޭނެ: ރައީސް
އިގްތިސާދީ އަނދަވަޅުން އަރައި ވަށައިޖެހޭ ތަރައްގީއެއް ގެނެވޭނެ: ރައީސް

ނަމަވެސް، އެ ދަތި ހާލަތުން އަރައިގަނެ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމުގެ މަސައްކަތް މި ސަރުކާރުން ވަރަށް ހަލުވި ދުވެލީގައި ފަށައިގެން ކުރިއަށް ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި އަހަރުގެ މިއަދާ ހަމައަށް އާދެވުނުއިރުގައި، މި ދެންނެވި ފަދައިން ރާއްޖޭގެ އިގްތިސާދަށް ވަށައިޖެހޭ ތަރައްގީއެއް ގެނެވޭ ގޮތުގެ މަތިން ބައްޓަންކުރެވި، ރައްޔިތުންނަށް ވެފައި ހުރި ގިނަ ވައުދުތަކެއް ފުއްދުމަށްޓަކާ ގިނަ މަސައްކަތްތަކެއް ވަނީ ތަރުތީބުކުރެވިފައި،" ރައީސް ވިދާޅުވި އެވެ.

މި އަހަރާއި މި އަންނަ އަހަރަކީ އެމަނިކުފާނުގެ ވައުދުތަކުގައި އަމަލީ ސިފަ ޖެހޭނެ އަހަރުތައް ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން މިރޭ ވެސް ތަކުރާރުކުރެއްވި އެވެ.

ރައީސް ވިދާޅުވީ މިއަދަކީ ފުވައްމުލަކުގެ ތަރައްގީގައި ވެސް އާ ސަފުހާއެއް އެއްލުނު ދުވަހެއް ކަމަށެވެ. އަދި މިއަދުގެ މި ދަތުރުފުޅު ހާއްސަކުރައްވަނީ ވެސް މި ރަށުގެ ރައްޔިތުން ބޭނުންވި މަޝްރޫއުތަކުގައި ހަގީގީ ކުލަ ޖެއްސުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ފުވައްމުލަކާއި އައްޑުއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ރައީސް ފެއްޓެވީ މިއަދެވެ. އެންމެ ފުރަތަމަ ވަޑައިގަތީ މިއަދު ހަވީރު ފުވައްމުލަކަށެވެ. ރައީސް މާދަމާ އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އައްޑޫ ހުޅުދު އާއި މީދުއަށެވެ. އެއަށް ފަހު އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ވެސް ވަޑައިގަންނަވާނެ އެވެ. އަދި އެ ހުރިހާ ރަށެއްގައި ވެސް އިތުރު މަޝްރޫއުތައް ފަށައި، ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ އެވެ.