ފުވައްމުލަކުގައި ޓޫރިސްޓު ހޮޓަލަކާއި އިކޯ ޓޫރިޒަމް މަޝްރޫއެއް ހިންގަން އެމްއޭސީއެލްއަށް
ފުވައްމުލަކުގައި ޓޫރިސްޓު ހޮޓަލަކާއި އިކޯ ޓޫރިޒަމް މަޝްރޫއެއް ހިންގަން އެމްއޭސީއެލްއަށް

ފުވައްމުލަކުގައި ޓޫރިސްޓު ހޮޓަލެއް ހެދުމަށާއި މި ރަށުގައި އިކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަށް އެމްއޭސީއެލްއާ އެކު އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފި އެވެ.

ފުވައްމުލަކުގައި ޓޫރިސްޓު ހޮޓަލަކާއި އިކޯ ޓޫރިޒަމް މަޝްރޫއެއް ހިންގަން އެމްއޭސީއެލްއަށް
ފުވައްމުލަކުގައި ޓޫރިސްޓު ހޮޓަލަކާއި އިކޯ ޓޫރިޒަމް މަޝްރޫއެއް ހިންގަން އެމްއޭސީއެލްއަށް

އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ސްކޫލުގައި ބޭއްވި ޖަލްސާގަ އެވެ.

އެމްްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ނަޝާތު ރަޝީދެވެ.

ފުވައްމުލަކުގައި ހިންގަން ނިންމާފައިވާ އެހެން ބައެއް މަޝްރޫއުތަކުގެ އެއްބަސްވުމުގައި ވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިކޮށްފަ އެވެ. އެ މަޝްރޫއުތަކަކީ؛

• ފުވައްމުލަކު ސްކޫލުގައި 16 ކްލާސްރޫމާއި ލެބް ގާއިމުކުރުމުގެ މަޝްރޫއު. އެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ.

• ޔޫތު ތާޑް ސްޕޭސް ތަރައްގީކުރުމުގެ މަޝްރޫއު. އެ މަޝްރޫއު ހަވާލުކުރީ ސެންޓަ ލޭންޑް ޕްރައިވެޓް ލިމިޓެޑުގެ ޕްރޮޖެކްޓްސްއާ.

• ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުން. އެ މަޝްރޫއު ހަވާލުކުރީ އެމްއޭސީއެލްއާ.

• އިސްލާމިކް ސެންޓަރެއް އެޅުން. އެ މަޝްރޫއު ހަވާލުކުރީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ.

• އޮފީސް ކޮމްޕްލެކްސް އިމާރާތެއް އެޅުން. އެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާ.

• ފުވައްމުލަކުގައި އާ ބަނދަރެއް ތަރައްގީކުރުން. އެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާ.

• މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް. އެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާ.

• އިތުރު 75 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު. އެ މަސައްކަތް ހަވާލުކުރީ ދި ގްލަޓް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްއާ.

• ސްކޭޓް ޕާކެއް ތަރައްގީކުރުން. އެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާ.

ރައީސް ފުވައްމުލަކަށް ކުރައްވާ މި ދަތުރުފުޅުގައި މި ރަށުގައި 400 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފަ އެވެ. އަދި އެހެން ވަރަށް ގިނަ މަޝްރޫއުތައް ވެސް ފައްޓަވައިދެއްވައި، ބައެއް ޚިދުމަތްތައް އިފްތިތާހު ވެސް ކޮށްދެއްވި އެވެ.

ރައީސް ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ވެސް އެ އިދާރާގައި މިރޭ ބައްދަލުކުރައްވައިފަ އެވެ.

ރާއްޖޭގެ އެންމެ ދެކުނަށް ދެ ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މާދަމާ ވަޑައިގަންނަވާނީ އައްޑުއަށެވެ. ރައީސް މާދަމާ އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އައްޑޫ ހުޅުދު އާއި މީދުއަށެވެ. އަދި އެއަށް ފަހު އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ވެސް ވަޑައިގަންނަވާނެ އެވެ.