އަންމަޑޭ ކަޓައި، ސައްޔިދު ސެމީ ފައިނަލަށް
އަންމަޑޭ ކަޓައި، ސައްޔިދު ސެމީ ފައިނަލަށް

މިހާރު ކުރިއަށް ގެންދާ ރަންމާރި ޗެލެންޖުގައި އަހުމަދު އާގިލް (އަންމަޑޭ) ގެ މައްޗަށް ކުރި ހޯދައި، ޒުވާން ސާފަރު ސައްޔިދު ސަލާހުއްދީން ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އަންމަޑޭ ކަޓައި، ސައްޔިދު ސެމީ ފައިނަލަށް
އަންމަޑޭ ކަޓައި، ސައްޔިދު ސެމީ ފައިނަލަށް

އަންމަޑޭ އަކީ މި އަހަރުގެ ގައުމީ ސާފް ލީގުގެ ފުރަތަމަ ދެ މުބާރާތް ވެސް ކާމިޔާބު ކޮށްފައިވާ އެތުލީޓެކެވެ.

އަންމަޑޭ ކަޓައި، ސައްޔިދު ސެމީ ފައިނަލަށް
އަންމަޑޭ ކަޓައި، ސައްޔިދު ސެމީ ފައިނަލަށް

އޭނާއާ ވާދަކޮށް ސައްޔިދު ކުރި ހޯދީ މިއަދު ބޭއްވި ކުއާޓާ ފައިނަލްގެ ފުރަތަމަ ހީޓުގައި ޖުމްލަ 8.17 ޕޮއިންޓް ހޯދައިގެންނެވެ.

އަންމަޑޭ ކަޓައި، ސައްޔިދު ސެމީ ފައިނަލަށް
އަންމަޑޭ ކަޓައި، ސައްޔިދު ސެމީ ފައިނަލަށް

އަންމަޑޭ އަށް ލިބުނީ 6.83 ޕޮއިންޓެވެ. މިއީ އޭނާގެ ސިންގަލް ވޭވްއެއްގެ ސްކޯއެވެ. މި ވަރު އޭނާ ހޯދީ ހަތްވަނަ ރާޅަށެވެ. އޭގެ ކުރިން ފަސްވަނަ ރާޅަށް ހޯދާފައިވާ ހަ ޕޮއިންޓް ނުގުނާ ގޮތަށް ނިންމަން ޖެހުނީ ސައްޔިދު ޕްރަޔޯރިޓީގައި އޮއްވައި ދިމާވި އިންޓަފިއަރެންސަކާ ގުޅިގެންނެވެ.

ސެމީ ފައިނަލްގައި ސައްޔިދު ވާދަކުރާނީ ތަޖުރިބާކާރު ސާފަރު އަހުމަދު ހިޝާމް ޝަހީމްއާ އެވެ. މިދިޔަ އަހަރު އޮތް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދި ހިޝާމް ވަނީ ސައްޔިދުއާ އެއް ހީޓެއްގައި ވާދަކޮށްފަ އެވެ.

މި މުބާރާތުގެ ހަތަރުވަނަ ބުރުގައި ވާދަވެރި ހީޓަކަށް ފަހު، ހިޝާމް އެއްވަނަ ހޯދީ 13.33 ޕޮއިންޓާ އެކު އެވެ. ސައްޔިދު ދެވަނަ ހޯދީ 12.16 ޕޮއިންޓާ އެކު އެވެ. ތިންވަނަ އަށް ދިޔަ އާދަމް މުއީން އިބްރާހިމް ވަނީ 8 ޕޮއިންޓް ހޯދައިފަ އެވެ.

މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖާއި ލީގު ވެސް ކާމިޔާބު ކުރި ހޫދު އަހުމަދު (ހޫބްޒް) މި މުބާރާތުގައި ވާދައެއް ނުކުރެ އެވެ. އޭނާ މި އަހަރުގެ ލީގުގައި ހަމައެކަނި ވާދަކޮށްފައި ވަނީ މުލީކޮޅު ރާޅުގަނޑުގަ އެވެ. އެ މުބާރާތުގެ ޖޫނިއާ ޗެމްޕިއަންކަން ހޯދީ ސައްޔިދެވެ.

ފިރިހެން އޯޕަން ބައިގެ ދެވަނަ ސެމީގައި ވާދަކުރަނީ ޒުވާން ސާފަރުން ކަމަށްވާ ޔަސީން އަހުމަދު ނާޝިދާއި ކަޔާން އަބްދުﷲ އަރީފް އެވެ. ކަޔާން ވަނީ މިދިޔަ އަހަރުގެ ފައޮިނަލްގައި ހޫދުއާ ވާދަކޮށްފަ އެވެ. އެ މުބާރާތުގައި ކަޔާން ވަނީ ކުއާޓާ ފައިނަލްގައި ޔަސީންގެ މައްޗަށް ކުރި ހޯދައި، ސެމީ ފައިނަލްގައި އޭނާގެ ބައްޕަ ކުރީގެ ޗެމްޕިއަން އަދި ބޮޑީބޯޑިން އެސޯސިއޭޝަންގެ ކުރީގެ ރައީސް އަބްދުﷲ އަރީފް (ފުކޫ)ގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ޔަސީންއަކީ މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖްގެ ޖޫނިއާ ޗެމްޕިއަނެވެ. އަދި ލީގުގައި އެންމެ ފަހުން ބޭއްވި ލ. މާބައިދޫ ކެރަންޑޫ މުބާރާތުގެ އޯޕަން ބައިގެ ފައިނަލްގައި ވާދަކުރުމުގެ އިތުރުން އޭނާ އަކީ އެ މުބާރާތުގެ ޖޫނިއާ ޗެމްޕިއަނެވެ.

މިދިޔަ އާދިއްތަ ދުވަހު ރާޅުގަނޑުގައި ފެށި މި އަހަރުގެ މުބާރާތުގެ ފިރިހެން ޖޫނިއާ ބައިގެ ކުއާޓާ ފައިނަލްގެ ހީޓުތަކަށް އެތުލީޓުން ހޮވިފައިވާއިރު، ފުރަތަމަ ހީޓުގައި ޔަސީން އާއި މުހައްމަދު އާހިލް އިބްރާހިމް ވާދަކުރާނެ އެވެ.

ދެވަނަ ހީޓުގައި ކަޔާން އަބްދުﷲ އަރީފް ވާދަކުރާނީ ނޫހް މުހައްމަދު ދުނެއިމް އިރުޝާދާ އެވެ. ތިންވަނަ ސައްޔިދުއާ ދެކޮޅަށް ނުކުންނާނީ މިދިޔަ އަހަރުގެ ޖޫނިއާ ލީގު ޗެމްޕިއަން މުހައްމަދު އިނާން އަބްދުލް ހަންނާނެވެ. އަދި ފަހު ހީޓުގައި ވާދަކުރާނީ ޔޫސުފް ކަޔާން ހަމްދާން ޒަކީ އާއި ހުސެއިން އަޒާން އިސްމާއިލް އެވެ.

މި އަހަރުގެ ރަންނަމާރި ޗެލެންޖްގެ އަންހެން އޯޕަން ބައިގައި ވަނީ ރެކޯޑް އަދަދަކަށް ސާފަރުން ބައިވެރިވެފަ އެވެ. ޖުމްލަ 12 ސާފަރުންނާ އެކު، ފެށި މި ބައިގެ ސެމީ ފައިނަލަށް ވަނީ ހަތަރު ސާފަރުން ހޮވިފަ އެވެ.

● އަންހެން 12 ސާފަރުން:

- މަރިޔަމް ރާހިލް ނަސީމް (އާޔާ)

- އައިޝަތު ތާރާ ވާސިފް

- މަރިޔަމް ޒޯހާ މާދިހް

- އާމިނަތު ތާނީސް ޝިރަން

- ރައުފާ އަހުމަދު

- ސުމައްޔާ މަރިޔަމް އާތިފް

- ރިޝްތާ ޝުޖާ

- ނަހާ ނަސްރުﷲ

- އައިޝަތު އަލީޝާ ހަސަން

- އާލިޔާ ލަތީފް

- ޝާޒިޔާ ސައީދު (ޝާޒު)

- އިމާނީ އެލީޒާ ޝިއާން

އިއްޔެ ބޭއްވި ކުއާޓާގެ ފުރަތަމަ ހީޓުގެ އެއްވަނަ ހޯދީ އާޔާ އެވެ. އަދި ދެވަނަ ހޯދައިގެން އާޔާއާ އެކު، ސެމީ އަށް ދަތުރު ކުރީ ތާނީސް އެވެ. މި ހީޓުގައި ދެން ވާދަކުރީ ނަހާ އާއި ޒޯހާ އެވެ.

ކުއާޓާގެ ދެވަނަ ހީޓުގެ އެއްވަނަ ހޯދީ ޝާޒިޔާ އެވެ. އަދި ރައުފާ ދެވަނަ ހޯދި އިރު، މި ހީޓުގައި ދެން ވާދަކުރީ އާލިޔާ ލަތީފް އާއި ރިޝްތާ އެވެ.

ސެމީގެ ފުރަތަމަ ހީޓުގައި ވާދަކުރާނީ އާޔާ އާއި ރައުފާ އެވެ. އަދި ދެވަނަ ހީޓުގައި ވާދަކުރާނީ ޝާޒިޔާ އާއި ތާނީސް އެވެ.

މި އަހަރުގެ ރަންނަމާރި ޗެލެންޖްގެ މާސްޓާސް ކެޓެގަރީގައި 10 ސާފަރުން ވާދަ ކޮށްފައި ވާއިރު، ފައިނަލަށް ވަނީ ދެ ސާފަރުން ހޮވިފަ އެވެ. އެއީ މުހައްމަދު ނުސްރަތާއި މިދިޔަ އަހަރުގެ ފައިނަލްގައި ވެސް ވާދަކުރި، ރާއްޖޭގެ ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސް ހުސެއިން ނިޒާމް (ނިޒޯ) އެވެ.