ވައިގޮޅިން ވެއްޓުނު ކަމަށް ބުނާ މީހަކު ހޮސްޕިޓަަށް ގެންދިޔައިރު ވެސް މަރުވެފައި
ވައިގޮޅިން ވެއްޓުނު ކަމަށް ބުނާ މީހަކު ހޮސްޕިޓަަށް ގެންދިޔައިރު ވެސް މަރުވެފައި

މާލޭގައި، ގެއެއްގެ ހަ ވަނަ ބުރިން، އެ ގޭ ވައި ގޮޅިއަށް މީހަކު ވެއްޓުނު ކަމަށް ބުނާ މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މާފަންނުގައި ހުންނަ ގެއެއްގެ ވައި ގޮޅިއަށް މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓް ލިބުނީ މިއަދު އިރުއޮއްސި 6:30 ހާއިރު ކަމަށެވެ.

އެ މީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަރުވި މީހާ އަކީ އުމުރުން 47 އަހަރުގެ، ބަންގްލާދޭޝް މީހެއް ކަމަށެވެ.

އެ މީހާ ވެއްޓެން ދިމާވި ސަބަބަކާ ބެހޭ ގޮތުން ފުލުހުން ވާހަކައެއް ނުދައްކަ އެވެ. ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.