ތެލެސީމިއާ ސެންޓަރަށް ހަފުތާއަކު 220 ޕެކްގެ ލޭ ބޭނުންވޭ
ތެލެސީމިއާ ސެންޓަރަށް ހަފުތާއަކު 220 ޕެކްގެ ލޭ ބޭނުންވޭ

ތެލެސީމިއާ ސެންޓަރަށް ހަފުތާއަކަށް 220 ޕެކްގެ ލޭ ބޭނުންވާ ކަމަށް އެ ސެންޓަރުން މިއަދު ބުނެފި އެވެ.

ތެލެސީމިއާ ސެންޓަރަށް ހަފުތާއަކު 220 ޕެކްގެ ލޭ ބޭނުންވޭ
ތެލެސީމިއާ ސެންޓަރަށް ހަފުތާއަކު 220 ޕެކްގެ ލޭ ބޭނުންވޭ

ތެލެސީމިއާ ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި، އެ ސެންޓަރުގެ ކުޑަކުދިންގެ ބަލިތަކުގެ ޑޮކްޓަރު ޑރ. ނުސެއިބާ ފާރޫގް ހަސަން ވިދާޅުވީ ތެލެސީމިއާ ސެންޓަރަށް ލޭ ބޭނުންވާ މިންވަރަށް އެހެން ހޮސްޕިޓަލްތަކަށް ލޭ ބޭނުންނުވާ ކަމަށެވެ.

ތެލެސީމިއާ ސެންޓަރަށް ހަފުތާއަކު 220 ޕެކްގެ ލޭ ބޭނުންވޭ
ތެލެސީމިއާ ސެންޓަރަށް ހަފުތާއަކު 220 ޕެކްގެ ލޭ ބޭނުންވޭ

އެހެންވެ، ތެލެސީމިއާ ސެންޓަރާއި ބްލަޑް ސާވިސް ވަކިކޮށްލައިފިނަމަ ދަތިތަކާ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާލެ ސަރަހައްދުގައި ތެލެސީމިއާ ސެންޓަރަށް އެކަނި ވެސް 220 ޕެކްގެ ލޭ ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނުސެއިބާ ވަނީ އެ ގާނޫނަށް ހުށަހަޅަން ބޭނުންވާ ތިން އިސްލާހެއް ފާހަގަ ކުރައްވައިފަ އެވެ. އެއީ ތެލެސީމިއާ އެޑްވައިޒަރީ ބޯޑަށް ތެލެސީމިއާ ޕޭޝަންޓެއް މަންދޫބެއްގެ ގޮތުގައި އައްޔަން ކުރުމާއި ޕްރީޕްލާންޓް ޖެނެޓިކް ޓެސްޓު ހެދުން އަދި ތެލެސީމިއާ މީހުންނަށް އެލަވަންސް ދިނުމާ ގުޅޭ މާއްދާއަށް އިސްލާހު ގެނައުމެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ތެލެސީމިއާ ކުދިން ދުނިޔޭގައި ތިބޭނެ ކަމަށް ލަފާކުރި އުމުރު ވެސް ވަރަށް ހަގު ނަމަވެސް މިހާރު އެ އުމުރު މަތިވެފައިވާ ކަމަށެވެ.

މިދިޔަ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އުމުރުން 18 އަހަރުން ދަށުގެ 257 ކުދިން އަދި 18 އަހަރުން މަތީގެ 400 ތެލެސީމިއާ ޕޭޝަންޓުން ރާއްޖޭގައި އެބަތިއްބެވެ. އަދި މިހާރު ވެސް ރާއްޖެއިން ބޭރުގައި 10 ކުދިން ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ބްލަޑް ސާވިސް އަހުމީމް ފާރިޝް ވިދާޅުވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން ބޭނުންވަނީ ބްލަޑް ސާވިސް އަދި ތެލެސީމިއާ ސެންޓަރު އެއް އޮނިގަނޑެއްގެ ދަށުން ހިންގޭނެ ގޮތް ހެދުމަށް ކަމަށެވެ. އަދި މިދިޔަ އަހަރު އެކުލަވާލި މާސްޓަ ޕްލޭނުގައި ވެސް އޮތީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ވެސް ބްލަޑް ބޭންކްގައި ހުންނަންޖެހޭ ސްޓެންޑާޑްތައް ހަދަމުންދާ ކަމަށް ނުސެއިބާ ވިދާޅުވި އެވެ.

ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަން އީމާން މުހައްމަދު ވިދާޅުވީ ތެލެސީމިއާއަށް ހޭލުންތެރި ކުރުވުމަށް ސްކޫލްތަކުގައި އެ ބައިތައް ކިޔަވައިދޭން ޖެހޭ ކަމަށެވެ. އަދި މީގެ ކުރިން ޖެނެރަލް ސައިންސްގެ ތެރޭގައި ކިޔަވައިދިނަސް، ފަހުން މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި އެހެންވެ، ގާނޫނުގައި ފަހުން ހިމަނާފައިވާ ގޮތަށް މަތީ ސާނަވީގައި ތެލެސީމިއާއަށް ހޭލުންތެރި ކުރުވުމުގެ ބަދަލުގައި، އެ މަރުހަލާ ގްރޭޑް 8 އާއި 10 އާ ދެމެދަށް ދަށްކުރަން އޭނާ އެދިވަޑައިގަތެވެ.