04 ނޮވެމްބަރ 2025 - 09:10

އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންތެރިއަކަށް، ލަންޑަނުގެ މަގުމަތީގައި އޭނާގެ އެޖެންޓް ބަޑިން ބިރުދެއްކިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފި އެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓް ކުރިގޮތުގައި މިކަން ހިނގީ އޭނާގެ ރަހުމަތްތެރިއަކާއެކު ހިނގާފައި ދަނިކޮށެވެ. އަދި އެ ހާދިސާ ރިޕޯޓް ކޮށްފައި ވަނީ ސެޕްޓެމްބަރު ހަވަނަ ދުވަހުގެ ރޭގެ 11:14 ގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ އުމުރުގެ ފިރިހެނަކަށް ބަޑިން ބިރުދެއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ.
ސެޕްޓެމްބަރު އަށެއްގައި އޭނާ ހައްޔަރު ކުރި އެވެ. އަދިވެސް އިތުރު މީހަކަށް ބަޑިން ބިރުދައްކައި ބްލެކްމެއިލް ކުރުމުގެ ތުހުމަތު އޭނާއަށް ކުރެވެ އެވެ.
މިއިން އެއްވެސް މައްސަލައެއްގައި މީހަކަށް ގެއްލުން ވެފައެއް ނުވެ އެވެ.
ލައިސެންސް ވެސް ނެތި ދުއްވުމުގެ ކުށުގައި ހައްޔަރު ކުރި މި މީހާ މިހާރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ތަހުގީގު އަދިވެސް ކުރިއަށް އެބަ ދެ އެވެ.
ކަފާލާތުގެދަށުން އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ. ކުޅުންތެރިޔާއަށް ނުގުޅުމަށާއި ކުޅުންތެރިޔާ ނިސްބަތްވާ ކްލަބްގެ ޓްރޭނިން ދަނޑަށް ނުވަންނަން ޝަރުތުުކޮށްފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދެ އެވެ. އެ އެޖެންޓަކީ އިނގިރޭސި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ތަމްސީލުކުރާ އެޖެންޓެއް ކަމަށް މީޑިއާތަކުން ހާމަކުރެ އެވެ.