އިންޑިއާ އިން އެންމެ ފަހުން އުދުއްސާލި ރޮކެޓަށް "ބަހޫބަލީ"ގެ ނަން ދީފި
އިންޑިއާ އިން އެންމެ ފަހުން އުދުއްސާލި ރޮކެޓަށް "ބަހޫބަލީ"ގެ ނަން ދީފި

އިންޑިއާގެ ޖައްވީ އިދާރާ އިންޑިއަން ސްޕޭސް ރިސާޗު އޯގަނައިޒޭޝަން (އިސްރޯ) އިން އެންމެފަހުން އުދުއްސާލި ރޮކެޓަށް "ބަހޫބަލީ"ގެ ނަން ދީފި އެވެ.

ފެންޓަސީ ފިލްމު "ބަހޫބަލީ"އަކީ އިންޑިއާގެ ދެވަނައަށް އެންމެ އަގުބޮޑު ފިލްމެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ އާދިއްތަ ދުވަހު އިސްރޯ އިން އުދުއްސާލި، އިންޑިއާ އިން މިހާތަނަށް ޖައްވަށް ފޮނުވާލި އެންމެ ބަރު ކޮމިއުނިކޭޝަން ސެޓްލައިޓް ރޮކެޓަށް ވަނީ "ބަހޫބަލީ"ގެ ނަން ދީފަ އެވެ.

އެ ރޮކެޓް ލޯންޗިންގެ ކާމިޔާބީ އިންޑިއާގައި އަންނަނީ ފާހަގަކުރަމުންނެވެ.

އެ ރޮކެޓަށް "ބަހޫބަލީ"ގެ ނަން ދިނުމުން އެ ފިލްމުގެ ޑައިރެކްޓަރު އެސް އެސް ރަޖަމޯލީ އާއި ފިލްމުގެ ޓީމުން ވަނީ އެކަމުގެ އުފަލުގައި ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކޮށްފަ އެވެ.

"މިއީ އިންޑިއާއަށް ޓެކްނޮލޮޖީ ކުރިއަރާފައިވާ ކަމާއި ޖައްވީ ރޭހުގައި ބޮޑެތި ކާމިޔާބީތައް ހޯދާކަމުގެ ފަޚުރުވެރި ވަގުތެއް،" ރަޖަމޯލީ ބުންޏެވެ.

އެ ރޮކެޓަށް "ބަހޫބަލީ"ގެ ނަން ދިނީ އޭގެ ބިޔަކަމާއި ބާރުގަދަކަމުގެ ސަބަބުން ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ.

"ބަހޫބަލީ"ގެ ނަން ދީފައިވާ އެ ރެކޮޓް ޖައްވަށް ފޮނުވާލިއިރު، "ބަހޫބަލީ"ގެ ދެ ފިލްމު އެއްކޮށްލައި މިދިޔަ ހުކުރު ދުވަހު ވަނީ އަލުން ސިނަމާތަކުގައި ދައްކަން ފަށައިފަ އެވެ. އެ ދެ ފިލްމަށް ވެސް ބޮކްސް އޮފީހުގައި ރެކޯޑް އާމްދަނީއެއް ލިބިފައިވެ އެވެ.