ހިޔާ ފްލެޓެއްގެ 14 ވަނަ ބުރިން މީހަކު ވެއްޓި މަރުވެއްޖެ
ހިޔާ ފްލެޓެއްގެ 14 ވަނަ ބުރިން މީހަކު ވެއްޓި މަރުވެއްޖެ

ހިޔާ ފްލެޓުގެ 8 ވަނަ ޓަވަރުގެ 14 ވަނަ ފްލޯ އިން މީހަކު ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ހެނދުނު 8:30 ހާއިރު ހިޔާގެ 8 ވަނަ ޓަވަރުން މީހަކު ވެއްޓިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މަތިން ވެއްޓުނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާއަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެމީހާ އެތަނުން ވެއްޓު ސަބަބަކާ ބެހޭ ގޮތުން ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ.

އެކަމަކު އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ބުންޏެވެ.