31 އޮކްޓޯބަރ 2025 - 23:03

ދިރާގު އައިސިކް ކާޑަށް ސަބްސްކްރައިބް ކޮށްގެން ޕީއެސް5 ޕްރޯއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ދިރާގު އައިސިކް ކާޑަށް ސަބްސްކްރައިބް ކުރާ ދަރިވަރުންނަށް ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ. އެ މުއްދަތުގައި މި ކާޑަށް ސަބްސްކްރައިބް ކުރާ ދަރިވަރުންގެ ތެރެއިން ނަސީބުވެރި އެއް ދަރިވަރަކަށް ޕީއެސް5 ޕްރޯއެއް ލިބޭނެ އެވެ.
ދިރާގު x އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑަކީ ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ، ދަރިވަރުންގެ މެދުގައި މަގުބޫލު ކާޑެކެވެ.
މިއީ 130 އަށް ވުރެ ގިނަ ގައުމުން ބަލައިގަންނަ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 150،000 އަށް ވުރެ ގިނަ ޑިސްކައުންޓްތަކާއި އެހެނިހެން ފައިދާތައް ލިބޭ ކާޑެކެވެ. މީގެ ތެރޭގައި ރާއްޖޭގެ 50 އަށް ވުރެ ގިނަ އައުޓްލެޓްތަކުން ޑިސްކައުންޓްތަކާއި ދަރިވަރުންނަށް ހާއްސަ "ދިރާގު ހޮޓްޑީލް" ހިމެނެ އެވެ. ރާއްޖޭގައި ކިޔަވާ އުމުރުން 18 އަހަރުން މަތީގެ ދަރިވަރުންނަށް ހާއްސަ ކޮށްފައިވާ މި ކާޑު މެދުވެރިކޮށް އަހަރަކު އެންމެ 100 ރުފިޔާގެ ސަބްސްކްރިޕްޝަނަކުން އެ ހުރިހާ ފައިދާތަކެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި ދިވެހި ޒުވާނުންނާއި ކިޔަވާ ކުދިންނަށް، ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހާއްސަ އޮފާތަކާއި ތަޖުރިބާތައް ގެނެސްދިނުމަށް މަސައްކަތް ކުރަމުން ދެ އެވެ.