ދިވެހި ބަހުގެ ފުރަތަމަ ޕީއެޗްޑީ ޑރ. އާމިނަތު ޒާހިރަށް
ދިވެހި ބަހުގެ ފުރަތަމަ ޕީއެޗްޑީ ޑރ. އާމިނަތު ޒާހިރަށް

ދިވެހި ބަހުގެ ދާއިރާއިން ޕީއެޗްޑީ ހެއްދެވި ފުރަތަމަ ބޭފުޅަކަށް، ޑރ. އައިމިނަތު ޒާހިރު ވެވަޑައިގެންފި އެވެ.

ދިވެހި ބަހުގެ ފުރަތަމަ ޕީއެޗްޑީ ޑރ. އާމިނަތު ޒާހިރަށް
ދިވެހި ބަހުގެ ފުރަތަމަ ޕީއެޗްޑީ ޑރ. އާމިނަތު ޒާހިރަށް

ގައުމީ ޔުނިވަސިޓީން 2019 ވަނަ އަހަރު ފެށި ޕީއެޗްޑީ ޕްރޮގްރާމް ފުރިހަމަކުރެއްވި އައިމިނަތު ޒާހިރަށް އެ ސަނަދު އެރުވީ އިއްޔެ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގަ އެވެ.

ދިވެހި ބަހުގެ ފުރަތަމަ ޕީއެޗްޑީ ޑރ. އާމިނަތު ޒާހިރަށް
ދިވެހި ބަހުގެ ފުރަތަމަ ޕީއެޗްޑީ ޑރ. އާމިނަތު ޒާހިރަށް

އެހެންވެ، ދިވެހި ބަހުގެ ދާއިރާއިން ރާއްޖޭގައި އެންމެ މަތީ ފާހެއް އޮތް ބޭފުޅަކީ މިހާރު އެއީ އެވެ.

ޑރ. އާމިނަތު ޕީއެޗްޑީގެ ތީސީސް ލިޔުއްވާފައި ވަނީ ވެސް ދިވެހި ބަހުންނެވެ. "ދިވެހި ބަހުގެ ސިޔާސަތާއި ދިވެހި ބަހުގެ ރޭވުން އެކުވިދާތުގެ ވޭދަނަ ދިރާސާ"ގެ ނަމުގައި އޭނާ ތީސީސް ބިނާކުރެއްވީ ދިވެހި ބަހުގެ ސިޔާސަތާއި ރޭވުންތެރިކަމުގެ މައްޗަށެވެ.

އާމިނަތު ވަނީ އޭނާގެ ތީސިސް އެމްއެންޔޫގެ ލައިބްރަރީއަށް ހަދިޔާ ކުރައްވައިފަ އެވެ.

އާމިނަތު ދިވެހި ބަހުގެ ޑިގްރީ ކޯސް ފުރިހަމަ ކުރެއްވީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން ބަހާއި ސަގާފަތުގެ ދާއިރާއިން މާސްޓާސް ފުރިހަމަކުރެއްވި އެވެ.

އޭނާ އަކީ މިހާރު ވެސް އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްގެ ސީނިއާ ލެކްޗަރާއެކެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ އާމިނަތު ދިވެހިބަހުގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރެއްވުމަކީ ދިވެހި ބަހާއި ގައުމީ ސަގާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ދިވެހިބަހުގެ މުހިންމުކަމާއި އެފަދަ ކާމިޔާބީތަކުގެ ސަބަބުން ބަހަށް ދިރުމާއި ކުރިއެރުމުގެ ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވީ އާމިނަތުގެ ޕީއެޗްޑީ ހާސިލްކުރެއްވުން ވެފައިވަނީ ދިވެހި ބަހާއި ޔުނިވާސިޓީއަށާއި މުޅި ގައުމަށް ވެސް ފަހުރަކަށް ކަމަށެވެ.