އަންނަ އަހަރުގެ ބަޖެޓަށް 26.3 ބިލިއަން ފައިނޭންސިން ހޯދަން ޖެހޭ: ޒަމީރު
އަންނަ އަހަރުގެ ބަޖެޓަށް 26.3 ބިލިއަން ފައިނޭންސިން ހޯދަން ޖެހޭ: ޒަމީރު

ދަރަންޏާއި ބަޖެޓް ޑެފިސިޓަށް އަންނަ އަހަރު 26.3 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ ބަޖެޓަށް 26.3 ބިލިއަން ފައިނޭންސިން ހޯދަން ޖެހޭ: ޒަމީރު
އަންނަ އަހަރުގެ ބަޖެޓަށް 26.3 ބިލިއަން ފައިނޭންސިން ހޯދަން ޖެހޭ: ޒަމީރު

ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅަމުން މިނިސްޓަރު ވިދާޅުވީ، 2026 ވަނަ އަހަރު ސުކޫކު އަނބުރާ ދެއްކުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، ފައިނޭންސިން ހޯދަންޖެހޭ އަދަދު ވަރަށް ބޮޑު ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓަށް 26.3 ބިލިއަން ފައިނޭންސިން ހޯދަން ޖެހޭ: ޒަމީރު
އަންނަ އަހަރުގެ ބަޖެޓަށް 26.3 ބިލިއަން ފައިނޭންސިން ހޯދަން ޖެހޭ: ޒަމީރު

"އަންނަ އަހަރު އޭޕްރީލް މަހު އެކީ އެއްފަހަރާ އަދާކުރަންޖެހޭ 600 މިލިއަން ޑޮލަރު ދައްކާ ހަލާސްކުރަންޖެހޭ ބިޔަ ޒިންމާ އަށް، މިނިސްޓަ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ހައިސިއްޔަތުން ރައްޔިތުންގެ ހައްގުގައި ކުރިމަތިލާއިރު، އަޅުގަނޑަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އާރޯކަމާއި ވިލުންވެރިކަމާއެކީ ކުރިއަރަމުން އަންނަ އިގުތިސާދެއް އޮތުން،" އޭނާ ވިދާޅުވި އެވެ.

ބަޖެޓް ފައިނޭންސިންގެ ތެރޭގައި ދަރަނި އަދާކުރުމަށް ޖުމުލަ 12.9 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރުމަށް 8.8 ބިލިއަން ރުފިޔާ ބޭނުންވެ އެވެ.

އަންނަ އަހަރު އެ ފައިނޭންސިންގެ އަދަދު ހޯދަން ބޭރުގެ ފަރާތްތަކުން ލޯނުގެ ގޮތުގަ އާއި ބޮންޑް ނުވަތަ ސުކޫކް ފަދަ ތަކެތި ވިއްކައިގެން އަދި މަލްޓިލެޓަރަލް ނުވަތަ ބައިލެޓަރަލް ފައިނޭންސިންގެ ގޮތުގައި ޖުމްލަ 16.8 ބިލިއަން ރުފިޔާ ހޯދުމަށް ރާވައިފައިވެ އެވެ. މި އަހަރުގެ ބަޖެޓުގައި ވެސް ފައިނޭންސިންގެ ގޮތުގައި 14 ބިލިއަން ރުފިޔާ ހޯދަން ކަނޑައަޅަފައިވީ ނަމަވެސް، ބޭރުން ހޯދަން ކަނޑައަޅާފައިވާ އަދަދުތައް ލިބިފައެއް ނުވެ އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި، އިތުރަށް ދަރަނިވެރި ނުވެ، ވިސްނުންތެރިކަމާ އެކު، ސުކޫކް އަނބުރާ ދެއްކުމުގެ ސިޔާސަތުގެ ދަށުން، މި ސަރުކާރުން ވާނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު ހަމަ މަގަށް އަޅުވައި، ޑޮލަރުން މެނޭޖުކުރާ ފަންޑަކަށް ބަދަލުކޮށްފައި ކަމަށެވެ.

"އެ ފަންޑުގައި މިއަދު ވެސް 100 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ، ދަރަނި އަނބުރާ ދެއްކުމުގެ މުހިންމު ބޭނުމަށްޓަކައި ރައްކާކޮށްފައިވޭ. އަދި ރިފައިނޭންސް ކުރެވޭ ދަރަނި އަނބުރާ ދެއްކުމަށް ރާވާފައިވާނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާއިން ކަނޑައަޅާ ވަކި މިންވަރެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސުކޫކް ރީފައިނޭންސްކުރުމަށް ބޭރުގެ ފަރާތްތަކުން 450 މިލިއަން ޑޮލަރު (6.9 ބިލިއަން ރުފިޔާ) ހޯދާނެ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުވެރި ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ބަޖެޓު ސަޕޯޓަށް ހޯދުމަށް ރާވާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 4.6 ބިލިއަން ރުފިޔާ ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ މާލީ އިދާރާތަކުން ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ ހޯދޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އެކުލަވާލާފައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާނެ ފައިސާއިން ދަރަނި ދެއްކުމަށް 4.2 ބިލިއަން ރުފިޔާ ދަރަނި ދެއްކުމަށް ބޭނުންކުރުމަށް ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.