އުރަމަތީގެ ކެންސަރު ދުރާލައި ދެނެގަނެ ފަރުވާ ހޯދޭނެ ފުރުސަތު ފަހިވެފައިއޮތުން މުހިންމު: ފަސްޓް ލޭޑީ
އުރަމަތީގެ ކެންސަރު ދުރާލައި ދެނެގަނެ ފަރުވާ ހޯދޭނެ ފުރުސަތު ފަހިވެފައިއޮތުން މުހިންމު: ފަސްޓް ލޭޑީ

އުރަމަތީގެ ކެންސަރު ދުރާލައި ދެނެގަނެ ފަރުވާ ހޯދޭނޭ ފުރުސަތު ކޮންމެ ރައްޔިތަކަށް ވެސް ފަހިވެފައިއޮތުން މުހިންމު ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އުރަމަތީގެ ކެންސަރު ދުރާލައި ދެނެގަނެ ފަރުވާ ހޯދޭނެ ފުރުސަތު ފަހިވެފައިއޮތުން މުހިންމު: ފަސްޓް ލޭޑީ
އުރަމަތީގެ ކެންސަރު ދުރާލައި ދެނެގަނެ ފަރުވާ ހޯދޭނެ ފުރުސަތު ފަހިވެފައިއޮތުން މުހިންމު: ފަސްޓް ލޭޑީ

"ބްރެސްޓް ކެންސަ އެވެއާނަސް ސިމްޕޯސިއަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވިދާޅުވީ ކެންސަރު ބަލި ތަހައްމަލުކުރާ ކޮންމެ މީހަކު ކުރަނީ ތަފާތު ތަޖުރިބާއެއް ކަމަށެވެ.

އުރަމަތީގެ ކެންސަރު ދުރާލައި ދެނެގަނެ ފަރުވާ ހޯދޭނެ ފުރުސަތު ފަހިވެފައިއޮތުން މުހިންމު: ފަސްޓް ލޭޑީ
އުރަމަތީގެ ކެންސަރު ދުރާލައި ދެނެގަނެ ފަރުވާ ހޯދޭނެ ފުރުސަތު ފަހިވެފައިއޮތުން މުހިންމު: ފަސްޓް ލޭޑީ

އެ ބަލީގެ ވޭން ތަހައްމަލުކުރާ މީހުންނާއި އެ މީހުންގެ އާއިލާތަކުން ދައްކާ ހިތްވަރުގެ ނަމޫނާ އަކީ ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި އެހެންމީހުންނަށް ހިތްވަރެކެވެ.

އުރަމަތީގެ ކެންސަރު ދުރާލައި ދެނެގަނެ ފަރުވާ ހޯދޭނެ ފުރުސަތު ފަހިވެފައިއޮތުން މުހިންމު: ފަސްޓް ލޭޑީ
އުރަމަތީގެ ކެންސަރު ދުރާލައި ދެނެގަނެ ފަރުވާ ހޯދޭނެ ފުރުސަތު ފަހިވެފައިއޮތުން މުހިންމު: ފަސްޓް ލޭޑީ

އެ މީހުންގެ ހިތްވަރަކީ، ކެންސަރު ބައްޔަށް ފަރުވާދިނުމުގެ ދާއިރާ އިތުރަށް ކުރިއަރުވައި ބަލި އަވަހަށް ދެނެގަތުމުގެ ޕްރޮޓޮކޯލްތައް ހަރުދަނާކޮށް އެ މީހުންނަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ބާރުދޭ ހަކަތަ ކަމަށް ވެސް އެ ކަމަނާ ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ވިދާޅުވީ އެއްވެސް އަންހެނަކީ އުރަމަތީގެ ކެންސަރުގެ ފަރުވާއާ އެކަނިމާއެކަނި ކުރިމަތިލާ މީހަކަށް ވެގެން ނުވާނެ ކަމަށެވެ. ރާއްޖޭގައި އުރަމަތީގެ ކެންސަރު ދުރާލައި ދެނެގަނެވޭނޭ އިންތިޒާމު ހަމަޖެހި، ރަނގަޅު ފެންވަރުގައި ބައްޔަށް ފަރުވާ ހޯދޭނޭ ފުރުސަތު ފަހިވެފައި އޮތުން މުހިންމު ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން، އަންހެނުން ހާއްސަކޮށް، އުމުރުން 40 އަހަރުން މަތީގެ އަންހެނުން، އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމަށް، އަހަރަކު އެއްފަހަރު މެމޮގްރާމް ހަދައި ބަލީގެ ނިޝާންތަކަށް ސަމާލުވެތިބުމަށް ފަސްޓް ލޭޑީ އިލްތިމާސްކުރެއްވި އެވެ.

"ބްރެސްޓް ކެންސާ އެވެއާނަސް ސިމްޕޯސިއަމް" އިން ކެންސަރު ބަލީގެ ފަރުވާގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލުންނާއި ބަލި ތަހައްމަލުކޮށްފައިވާ މީހުން އެއްތަނަކުން ބައްދަލުވާނެ އެވެ.

ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި ޝާމިލު ގޮތުގައި ފަރުވާދިނުމާއި ބަލި ޖެހުމުގެ ސަބަބު ދެނެގަތުމާއި ފަރުވާއާ ގުޅުންހުރި އެންމެ ފަހުގެ އީޖާދުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، އެކަންކަމަށް ބާރުއެޅުމަށް މަސައްކަތްކުރުމަށް ވެސް ފޯރަމްގައި ބާރު އަޅާނެ އެވެ.

މި އަހަރުގެ މަހާސިންތާގެ ޝިއާރަކީ "ކޮންމެ ބަލިމީހެއްގެ ދަތުރު ތަފާތު- ކޮންމެ ބަލިމީހެއްގެ ދަތުރު މުހިންމު" އެވެ.