ދިރާގާއި އައިސިކް މިއުޒިކް ޝޯގައި ޒުވާން ގިނަ އާޓިސްޓުންތަކެއް
ދިރާގާއި އައިސިކް މިއުޒިކް ޝޯގައި ޒުވާން ގިނަ އާޓިސްޓުންތަކެއް

މިދިޔަ ހުކުރު ދުވަހުގެ ރޭ ދިރާގުން ބޭއްވި ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ވަރަށް ގިނަ އާޓިސްޓުންނަށް ފުރުސަތު ދީފައިވާ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގާއި އައިސިކް މިއުޒިކް ޝޯގައި ޒުވާން ގިނަ އާޓިސްޓުންތަކެއް
ދިރާގާއި އައިސިކް މިއުޒިކް ޝޯގައި ޒުވާން ގިނަ އާޓިސްޓުންތަކެއް

ދިރާގުން ކުރިއަށް ގެންދިޔަ ރޯޑް ރޭސް ނިންމަން ބޭއްވި އެ މިއުޒިކް ޝޯގައި ޑީޖޭ މީކާ، ޕްރޮޖެކްޓް ގްރޫވް، ވިނަވި، ޒެޑޭސިސް އަދި ސާދަ ތިރީސް އަށެއް ބައިވެރިވި އެވެ. މީގެ ތެރެއިން ބައެއް ފަންނާނުންނަށް އެ ފަދަ ޕްލެޓްފޯމަކުން ފުރުސަތު މި ލިބުނީ އަލަށް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގާއި އައިސިކް މިއުޒިކް ޝޯގައި ޒުވާން ގިނަ އާޓިސްޓުންތަކެއް
ދިރާގާއި އައިސިކް މިއުޒިކް ޝޯގައި ޒުވާން ގިނަ އާޓިސްޓުންތަކެއް

ދިރާގުން ޒުވާނުންނަށް މުނިފޫހިފިލުވުމުގެ އެކި ދާއިރާތަކުން ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެ ޝޯއާ އެކު ދިރާގު ގޭމާސް ގިލްޑް އިން ގޭމިން ހަރަކާތްތަކެއް ވެސް ކުރިއަށް ދިޔަ އެވެ. އެ ހަރަކާތުގައި "ކިންގް އޮފް ހިލް" ޗެލެންޖުގައި ބައިވެރިވެގެން ތިން މެޗުން ޖެހިޖެހިގެން މޮޅުވި ކުޅުންތެރިންނަށް މިނީސޯއާ ގުޅިގެން ހާއްސަ އިނާމެއް ވެސް ވަނީ ދީފަ އެވެ.

ދިރާގު x އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑަކީ ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ، ދަރިވަރުންގެ މެދުގައި މަގުބޫލު ކާޑެކެވެ. މި ކާޑަކީ، ދުނިޔޭގެ 130 އަށް ވުރެ ގިނަ ގައުމުން ބަލައިގަންނަ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 150،000އަށް ވުރެ ގިނަ ޑިސްކައުންޓްތަކާއި އެހެނިހެން ފައިދާތައް ލިބިގެންދާ ކާޑެކެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ 50 އަށް ވުރެ ގިނަ އައުޓްލެޓްތަކުން ޑިސްކައުންޓްތަކާއި ދަރިވަރުންނަށް ހާއްސަ ދިރާގު ހޮޓްޑީލް ހިމެނެ އެވެ. ރާއްޖޭގައި ކިޔަވާ 18 އަހަރުން މަތީގެ ދަރިވަރުންނަށް ހާއްސަކުރެވިފައިވާ މި ކާޑު މެދުވެރިކޮށް އަހަރަކު އެންމެ 100 ރުފިޔާގެ ސަބްސްކްރިޕްޝަނަކުން މި ހުރިހާ ފައިދާތަކެއް ލިބޭނެ އެވެ.

ދިރާގު ރޯޑް ރޭހާ ގުޅުވައި މިފަދަ މިއުޒިކް ޝޯތައް މީގެ ކުރީ އަހަރުތަކުގައި ވެސް ވަނީ ބާއްވައިފަ އެވެ. މިއަހަރުގެ ރޯޑް ރޭހުގައި 4،500 ދުވުންތެރިން ބައިވެރިވި އެވެ.