އައިކެއާގެ ވޯލްޑް ސައިޓް ޑޭގެ އިވެންޓް މާދަމާ، ހިލޭ ލޯ ޓެސްޓުކުރުމާއެކު ގިނަ ހަރަކާތްތަކެއް
އައިކެއާގެ ވޯލްޑް ސައިޓް ޑޭގެ އިވެންޓް މާދަމާ، ހިލޭ ލޯ ޓެސްޓުކުރުމާއެކު ގިނަ ހަރަކާތްތަކެއް

މި އަހަރުގެ ވޯލްޑް ސައިޓް ޑޭ ފާހަގަކުރަން އައިކެއާގެ ކުލަގަދަ ހަރަކާތެއް މާދަމާ ސޯޝަލް ސެންޓަރުގައި ބާއްވަން ނިންމައިފި އެވެ.

އައިކެއާގެ ވޯލްޑް ސައިޓް ޑޭގެ އިވެންޓް މާދަމާ، ހިލޭ ލޯ ޓެސްޓުކުރުމާއެކު ގިނަ ހަރަކާތްތަކެއް
އައިކެއާގެ ވޯލްޑް ސައިޓް ޑޭގެ އިވެންޓް މާދަމާ، ހިލޭ ލޯ ޓެސްޓުކުރުމާއެކު ގިނަ ހަރަކާތްތަކެއް

އެ ހަރަކާތުގައި ހިލޭ ލޯ ޓެސްޓް ކުރުމާއި އެކި އޮފާތަކާއި ހަދިޔާތައް ވެސް ލިބޭނެ އެވެ. އައިކެއާއިން ބުނީ އެ ހަރަކާތުގައި އައިކެއާއިން ކުރިން ބޭއްވި ދަރިވަރުންގެ އާޓް މުބާރާތުގެ ކުރެހުންތައް ދައްކާލުމާއި އައިކެއާގެ ޑޮކްޓަރުންނާ ބައްދަލު ކުރުމުގެ ފުރުސަތާއި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތައް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރޭގަނޑު ލައިވް މިއުޒިކުގެ ހަރަކާތްތައް އޮންނާނެ ކަމަށާއި އެކި ވައްތަރުގެ ކާބޯތަކެއްޗަށް ހާއްސަ ފުޑް ސްޓޯލްތައް ހުންނާނެ ކަމަށް ވެސް އައިކެއާއިން ބުންޏެވެ.

އެ އިވެންޓުގައި އައިކެއާއިން ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން ހަކުރު ބައްޔަށް މީހުން ހޭލުންތެރި ކުރުވުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށް އައިކެއާއިން ބުންޏެވެ.

އައިކެއާއިން ބުނީ އެ ހަރަކާތަކީ އާއިލާތަކާ އެކު ހިތްއުފާކޮށްލެވޭ ގޮތަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އެ ހަރަކާތް އޮންނާނީ ހަވީރު 4 އިން ފެށިގެން ރޭގަނޑު 10 އަށް ސޯޝަލް ސެންޓަރުގައި ކަމަށް އައިކެއާއިން ބުންޏެވެ.

ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ފާހަގަކުރަން އައިކެއާއިން ކޮންމެ އަހަރަކު ވެސް ގިނަ ހަރަކާތްތަކެއް ބާއްވާ، އެކި އޮފާތަކާއި ހަދިޔާތައް ދެ އެވެ. އަދި ކޮންމެ އަހަރަކު ވެސް އައިކެއާއިން ބާއްވާ އެ ހަރަކާތަށް ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބެ އެވެ.