ނޫސްވެރިންނަށް މައުލޫމާތު ލިބުނު ގޮތް ހާމަކުރަންޖެހޭ ގޮތަށް ގެންނަ އިސްލާހުތަކާ މެދު އެމްޖޭއޭގެ ކަންބޮޑުވުން
ނޫސްވެރިންނަށް މައުލޫމާތު ލިބުނު ގޮތް ހާމަކުރަންޖެހޭ ގޮތަށް ގެންނަ އިސްލާހުތަކާ މެދު އެމްޖޭއޭގެ ކަންބޮޑުވުން

މީގެ ދެ އަހަރު ކުރިން ޖެނުއަރީ 2022 ގައި އަމަލުކުރަން ފެށި ގާނޫނަށް ހުށަހަޅަން މިހާރު ނިންމާފައިވާ އިސްލާހުތަކުގެ ސަބަބުން ތަހުގީގީ ނޫސްވެރިކަމާއި ވިސުލްބްލޯ ކުރުން ފަދަ ހާލަތްތައް ހުއްޓުމަކަށް އަތުވެދާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ލިބުނު ގޮތް ހާމަކުރަންޖެހޭ ގޮތަށް ގެންނަ އިސްލާހުތަކާ މެދު އެމްޖޭއޭގެ ކަންބޮޑުވުން
ނޫސްވެރިންނަށް މައުލޫމާތު ލިބުނު ގޮތް ހާމަކުރަންޖެހޭ ގޮތަށް ގެންނަ އިސްލާހުތަކާ މެދު އެމްޖޭއޭގެ ކަންބޮޑުވުން

ނޫސްވެރިންގެ ކަންބޮޑުވުންތައް ފާޅުކުރަމުން ދަނިކޮށް ވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު އަހަރު އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް ވަނީ ރައްޔިތުންގެ މަޖިލިހަށް އިއްޔެ ހުށަހަޅުއްވައިފަ އެވެ. އެ ބިލްގެ ފުރަތަމަ ކިޔުން މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ލިބުނު ގޮތް ހާމަކުރަންޖެހޭ ގޮތަށް ގެންނަ އިސްލާހުތަކާ މެދު އެމްޖޭއޭގެ ކަންބޮޑުވުން
ނޫސްވެރިންނަށް މައުލޫމާތު ލިބުނު ގޮތް ހާމަކުރަންޖެހޭ ގޮތަށް ގެންނަ އިސްލާހުތަކާ މެދު އެމްޖޭއޭގެ ކަންބޮޑުވުން

އޭގެ ތެރެއިން ބައެއް ބަދަލުތަކުގެ ތެރޭގައި ނޫސްވެރިން މަސްދަރު ހާމަކުރަންޖެހޭ ހާލަތްތައް ވެސް ހިމެނޭއިރު ކުރިން އޮންނަ ގޮތުން ނަމަ މަސްދަރު ހާމަކުރުމަށް އެދި ކޮންމެ ކޯޓަކަށް ވެސް ހުށަހެޅިދާނެ އެވެ. އެކަމަކު، މިހާރު ހުށަހަޅާފައި އޮތީ އެފަދަ އަމުރެއް ނެރެވޭނީ ހައި ކޯޓުން ކަމަށާއި ކޯޓަށް ހުށަހަޅާތާ 24 ގަޑިއިރުގެ ތެރޭގައި އެ އަމުރާ މެދު ގޮތެއް ނިންމަންޖެހޭނެ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ލިބުނު ގޮތް ހާމަކުރަންޖެހޭ ގޮތަށް ގެންނަ އިސްލާހުތަކާ މެދު އެމްޖޭއޭގެ ކަންބޮޑުވުން
ނޫސްވެރިންނަށް މައުލޫމާތު ލިބުނު ގޮތް ހާމަކުރަންޖެހޭ ގޮތަށް ގެންނަ އިސްލާހުތަކާ މެދު އެމްޖޭއޭގެ ކަންބޮޑުވުން

އެހެންވެ، އޭގެ ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިކަން ކުރުމާއި މުވާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޚަބަރާއި މައުލުމާތާއި ފެންނަ ގޮތްތަކާއި ހިޔާލުތައް ފާޅުކުރުމާއި ޝުއޫރު ފެތުރުމުގެ މިނިވަންކަން ހިމެނޭ ކަމަށާއި އެ ގޮތަށް ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް އެ މާއްދާގައި ސާފުކޮށް ބަޔާންކުރާ ކަމަށް އެމްޖޭއޭ އިން ބުންޏެެވެ.

ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ގާނޫނަކުން ހަނިކުރެވޭނީ މުޖުތަމައުގެ ނުރައްކަލަކަށް ވެފައިވާ މައްސަލައެއް ހައްލުކުރުމަށް އެ ނޫން އެއްވެސް ގޮތެއް ނެތިގެން ކަމަށާއި އެފަދަ ހާލަތްތަކުގައި ވެސް އެކަން ހައްލުކުރުމަށް ބޭނުންވާ، އޭގެ އެންމެ ކުޑަ މިންވަރަކަށް ކަމަށް ގަބޫލުކުރެވޭ ކަމަށް އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

އެ ޖަމިއްޔާ އިން ބުނީ ހެއްކާ ބެހޭ ގާނޫނުގައި މިހާރު ވެސް މަސްދަރު ހާމަކުރުމަށް ޝަރީއަތް މެދުވެރިކޮށް މަޖުބޫރުކުރަން ހިމަނާފައިވާ ހަމަތަކާއި އުސޫލުތައް ހުރީ ގާނޫނުއަސާސީގެ ތަސައްވުރުކުރާ ގޮތާ ހިލާފަށް ކަމަށް ދެކޭ ކަމަށާއި އެ ގާނޫނު އެކުލަވާލާ އަމަލުކުރަން ފެށިއިރު ވެސް އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

އެމްޖޭއޭ އިން ބުނީ އެ ޖަމިއްޔާ އިން ވަކާލާތުކުރަމުންދިޔަ ގޮތަށް މިފަދަ އަމުރެއް ނެރެން ވާނީ ހައި ކޯޓުގެ މަރުހަލާ އިން ފެށިގެން ކަމަށް ހިމަނައި ގާނޫނު އިސްލާހުކުރުމަށް ސަރުކާރުން ހުށަހެޅުމަކީ ރަނގަޅު ބަދަލެއް ކަމަށް ދެކޭ ކަމަށެވެ. އެކަމަކު އެ އިސްލާހުތަކާ އެކު، ސަރުކާރުން ދެން އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ނަތީޖާއަކީ މިހާރަށް ވުރެ ބޮޑަށް ގާނޫނުއަސާސީން ނޫސްވެރިންނަށް ކަށަވަރު ކޮށްދީފައިވާ އެ ހައްގު ހިފެހެއްޓިގެން ގޮސް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެ، އެ ހައްގުތައް ބޭނުންކުރަން އާންމުންގެ މެދުގައި ބިރުވެރިކަން އުފެދިދާނެ ފަދަ ހާލަތެއް އުފަން ކުރުން ކަމަށް އެ ބަޔާނުގައިވެ އެވެ.

އެމްޖޭއޭ އިން ބުނި ގޮތުގައި ސިއްރު މައުލޫމާތު ހުއްދަ ނޫން ގޮތުގައި އާންމުކުރުމަކީ މަސްދަރު ހާމަކުރަން ޖެހޭ ހާލަތެއް ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އޭގެ ސަބަބުން ތަހުގީގީ ނޫސްވެރިކަން އަދި ވިސުލްބްލޯ ފަދަ ކަންކަން ހުއްޓިދާނެ ކަމުގެ ކަންބޮޑުވުން އެމްޖޭއޭ އިން ފާޅުކުރި އެވެ. އަދި ބާރުގެ ބޭނުންކޮށް ސަރުކާރު ވައްޓާލަން ރޭވުމުގެ ކަންކަމާ ގުޅިގެން ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮތުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެެ.

ނޫސްވެރިންގެ ޖަމިއްޔާ އިން ބުނީ ދައުވާ ރައްދުވާ ފަރާތަށް މަސްދަރު ހާމަކުރަން އެދޭވޭ ގޮތަށް އޮތުން ގަބޫލު ނުކުރެވޭ ކަމަށާއި މަސްދަރު ހާމަކުރުމަކީ މުޅި ދައުލަތުގެ މަސްލަހަތުގައި ކުރާ ކަމަކަށް ވާއިރު ދައުވާ ރައްދުވާ ފަރާތްތަކަށް މަސްދަރު ހާމަކުރަން އެދެވޭ ގޮތަށް ފުރުސަތު އޮތް ނަމަ ކުށްކުރާ ގްރޫޕުތަކުން ނޫސްވެރިންނަށް ބިރު ދެއްކުމަށް މަސްދަރު ހާމަކުރަން އެދިދާނެ ކަމަށެވެެ.

އެ ޖަމިއްޔާ އިން ގަބޫލުކުރަނީ މަސްދަރު ހާމަކުރަންޖެހެނީ ހަމައެކަނި އާންމުންގެ ފުރާނަ އާއި މުދަލަށް ކުއްލި ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ހާލަތެއްގައި ވަރަށް ބޮޑަށް ހިފެހެއްޓިފައިވާ ހަރުކަށި އުސޫލުގެ ތެރެއިން ކަމަށެވެ. އަދި ނޫސްވެރިންނާ ގުޅޭ އެފަދަ އިސްލާހެއް އަނެއްކާ ވެސް ސަރުކާރުން ހުށަހެޅިއިރު ނޫސްވެރިންނާއި އެ ޖަމިއްޔާއާ ވެސް މަޝްވަރާކޮށްފައި ނުވާތީ އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރި އެވެ. އެހެންވެ، ކަންކަން މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް ނޫސްވެރިންގެ ޖަމިއްޔާ އިން ގޮވާލި އެވެ.

ގާނޫނު މިހާރު އޮންނަ ގޮތުން، މަސްދަރު ހާމަނުކުރާނެ ކަމަށް ނޫސްވެރިޔާ ވެފައިވާ ވައުދެއް ނުވަތަ ދީފައިވާ ޔަގީންކަމެއްގެ މައްޗަށް، އެ މައުލޫމާތު ދިން ފަރާތެއްގެ ރުހުމަކާ ނުލައި އެ ފަރާތެއް ހާމަކޮށްދޭ ނުވަތަ ހާމަވުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ހިއްސާކުރަން ނޫސްވެރިޔާ ނުވަތަ އޭނާ މަސައްކަތްކުރާ ތަނަށް މަޖުބޫރެއް ނުކުރެވޭނެ އެވެ.

ގާނޫނުއަސާސީގެ 136 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހުގީގުކުރާ ފަރާތުން ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލް ނުވަތަ ތުހުމަތުކުރެވޭ ފަރާތުން ނުވަތަ ދައުވާ ލިބޭ ފަރާތުން، ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ޝަރީއަތުން އަމުރުކުރެވިދާނެ ކަމަށެވެ.

ނަމަވެސް، ގާނޫނުގައި އޮންނަނީ އެ ގޮތަށް އަމުރު ކުރެވޭނީ ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުން ހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން އެނގޭ ނަމަ އެވެ. އެ ކަންކަމުގެ އިތުރުން، މަސްދަރު ހާމަކުރެވޭނެ އިތުރު ހާލަތްތައް، ގާނޫނުގައި ބަޔާންކޮށްފައި ވާއިރު ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޭރު ވެސް އޮތީ ގައުމީ ސަލާމަތަކީ ކޮބައިކަން ގާނޫނުގައި ބަޔާންކޮށްފައި ނެތުމެވެ. އެކަމަކު މިފަހަރު ހުށަހެޅި ބަދަލުގައި ވެސް ގައުމީ ސަލާމަތް މާނަކުރާނެ ގޮތެއް ނެތެވެ.