29 އޮކްޓޯބަރ 2025 - 17:40

ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހުސައިން ހަސަންގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލާގައި، ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ހުސައިން ހައްޔަރުކުރީ ފުލުހުން އޮޕަރޭޝަނެއް ހިންގަމުން ދަނިކޮށް އެ ސަރަހައްދުގެ ފޮޓޯ ނަގައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
އެ މައްސަލާގައި ހުސައިންގެ މައްޗަށް ދައުވާކުރަން ފުލުހުން ޕީޖީ އޮފީހަށް ފޮނުވި ނަމަވެސް، އެ މައްސަލާގައި ދައުވާ ނުކުރަން ނިންމައި، އެކަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.
ހުސައިން ހައްޔަރުކުރިި މައްސަލަ އޭރު އެމްޑީޕީން ކުށްވެރިކުރި އެވެ.
ހުސައިނަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ގއ. ވިލިނގިލީ ދާއިރާގެ ރައީސްގެ އިތުރުން އެ ޕާޓީގެ މީޑިއާ ކޮމެޓީގެ މުގައްރިރު ވެސް މެ އެވެ.