ޓޮނީނޯ ލެމްބޯގިނީ އިލެކްޓްރިކް ގޮލްފް ކާޓް ރާއްޖެއަަށް
ޓޮނީނޯ ލެމްބޯގިނީ އިލެކްޓްރިކް ގޮލްފް ކާޓް ރާއްޖެއަަށް

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ޓެކްއިންޖް އެގްޒިބިޝަނުގައި ޓޮނީނޯ ލެމްބޯގިނީ އިލެކްޓްރިކް ގޮލްފް ކާޓް ރާއްޖެއަަށް ރަސްމީކޮށް ތައާރަފްކޮށްފި އެވެ.

ޓޮނީނޯ ލެމްބޯގިނީ އިލެކްޓްރިކް ގޮލްފް ކާޓް ރާއްޖެއަަށް
ޓޮނީނޯ ލެމްބޯގިނީ އިލެކްޓްރިކް ގޮލްފް ކާޓް ރާއްޖެއަަށް

ރާއްޖޭގައި މިހާތަނަށް ބާއްވާ ފުރަތަމަ ޓެކްނޮލޮޖީ އަދި އިންޖިނިއަރިން ޓްރޭޑް ޝޯ ކަމަށްވާ ޓެކްއެންޖް އެގްޒިބިޝަން ހުޅުވައިދެއްވައި، ޓޮނީނޯ ލެމްބޯގިނީ އިލެކްޓްރިކް ގޮލްފް ކާޓް ރާއްޖެއަށް ތައާރަފްކޮށް ދެއްވީ ވައިސް ޕްރެޒިޑެންޓް އޮފް ލެމްބޯގިނި އެސްޕީއޭ، ފެރޫޝިއޯ ލެމްބޯގިނީ އެވެ. އެ އެގްޒިބިޝަނަކީ ޓޮނީނޯ ލެމްބޯގިނީއިން ޓައިޓަލް ސްޕޮންސާކޮށްފައިވާ އިވެންޓެކެވެ.

ޓޮނީނޯ ލެމްބޯގިނީ އިލެކްޓްރިކް ގޮލްފް ކާޓް ރާއްޖެއަަށް
ޓޮނީނޯ ލެމްބޯގިނީ އިލެކްޓްރިކް ގޮލްފް ކާޓް ރާއްޖެއަަށް

އެ ރަސްމިއްޔާތުގައި ފެރޫޝިއޯ ލެމްބޯގިނީ ވަނީ ޓޮނީނޯ ލެމްބޯގިނީ އިލެކްޓްރިކް ގޮލްފް ކާޓް ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ އިލެކްޓްރިފައި މޯލްޑިވްސްއާ ގުޅިގެންކަން ފާހަގަ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާގައި ދޭ ހިދުމަތްތަކާ ގުޅޭ އަދި އެއާ އެއް ފެންވަރުގެ ލަގްޒަރީ ޕްރޮޑަކްޓެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެ ގޮލްފު ކާޓުތަކަކީ އެ ހިދުމަތްތަކާ ގުޅޭ އަދި އެ ހިދުމަތްތައް މިހާރަށް ވުރެ ފުރިހަމައަށް ފޯރުކޮށްދިނުމުގައި އެހީވެދޭނެ އެއްޗެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

ޓޮނީނޯ ލެމްބޯގިނީ އިލެކްޓްރިކް ގޮލްފް ކާޓުތަކަކީ އިޓަލީގެ ހިތްގައިމު ޑިޒައިނިން ފަންނާއި އިންޑިއާގެ އިންޖިނިއަރިން ހިމެނޭ އީޖާދީ އުފެއްދުމެކެވެ. އެ އިލެކްޓްރިކް ގޮލްފް ކާޓުގެ ދެ ރޭންޖެއް ހިމެނެ އެވެ. އެއީ ޖެނެސިސް ރޭންޖާއި ޕްރެސްޓިޖް ރޭންޖެވެ.

- ޖެނެސިސް ރޭންޖް: މިއީ ބްރޭންޑުގެ ލެގަސީން އިންސްޕަޔާވެގެން ފަރުމާކޮށްފައިވާ އިޓާލިއަން ޝީކް ޑިޒައިނެއް

- ޕްރެސްޓިޖް ރޭންޖް: މިއީ ފިއުޗަރިސްޓިކް، އަލްޓްރާ ޕްރިމިއަމް އަދި ތަފާތު އިނޮވޭޝަނެއް ހިމެނޭ ޑިޒައިނެއް

* ކޮންފިގްރޭޝަން: ގޮލްފް ކޯސްތަކާއި ލަގްޒަރީ ރިސޯޓްތަކާއި ޕްރައިވެޓް އެސްޓޭޓްތަކާއި އެއާޕޯޓުތަކާއި ކޯޕަރޭޓް ކެމްޕަސްތަކުގައި ބޭނުންކުރުމަށް ދެ ސީޓުން ފެށިގެން 8 ސީޓާ ހަމައަށް މޮޑެލްތައް ހުރޭ

މައިގަނޑު ފީޗާތައް

- ހާއްސަ މެކްފާސަން ސަސްޕެންޝަނެއް ހިމެނޭ

- ރައްކާތެރިކަން ކަށަވަރުކުރުމަށް ހަތަރު ފުރޮޅުލީ ހައިޑްރޯލިކް ބްރޭކެއް

- ޕާފޯމަންސް އިތުރުކުރުމަށް 45 އެންއެމް ޓޯކް އަދި 30 ޕަސެންޓް ގްރޭޑެބިލިޓީ

- ވަޔަލެސް ޗާޖު ކުރެވޭ ވަރުގަދަ ލިތިއަމް ބެޓެރިއެއް ހިމެނޭ. މިއީ 10 އަހަރުގެ މުއްދަތަށް ބޭނުން ކުރެވޭނެ 150 ކިލޯމީޓަރުގެ ރޭންޖު ލިބޭ ބެޓެރިއެއް

- މި ޕްރޮޑަކްޓަށް ފަސް އަހަރުގެ ވޮރެންޓީ ލިބޭނެ

މީގެ އިތުރުން އެ ކާޓުތަކަކީ އެކަށީގެންވާ ލެގްރޫމެއް ހިމެނޭ ޕްރިމިއަމް ސީޓިންތަކަކާއި އިންޓިއުޓިވް ކޮންޓްރޯލް ހިމެނޭ ކާޓުތަކެކެވެ. އެ ކާޓުތަކަކީ ޔުނިވާސަލް ޑްރައިވް ކޮންފިގަރޭޝަން (އެލްއެޗްޑީ/އާރްއެޗްޑީ) ކޮމްޕެޓިބިލިޓީގެ ހިމެނޭ ސްމާޓް ޓީއެފްޓީ ޑޭޝްބޯޑާއި އެލްއީޑީ ހެޑްލައިޓް އަދި ވަޔަލެސްކޮށް ފޯނު ޗާޖުކުރެވެން ހުންނަ ކާޓުތަކެކެވެ. އަދި އެ ކާޓުތަކުގައި ގޮލްފް ބޭގު ބެހެއްޓޭނެ ތަނަކާއި ފަތްޖަހާލެވޭ ވިންޑްޝީލްޑްގެ އިތުރުން އޮންބޯޑް ޗާޖިން ފަދަ ހިދުމަތްތައް ހުންނާނެ އެވެ.

އިލެކްޓްރިފައި މޯލްޑިވްސް އަކީ ރާއްޖޭގައި ޓޮނީނޯ ލެމްބޯގިނީ އިލެކްޓްރިކް ގޮލްފް ކާޓުގެ އެކްސްކްލޫސިވް ޑީލަރެވެ. އެ ކުންފުނިން 2019 ވަނަ އަހަރުން ފެށިގެން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ރޯބަސްޓް ޕަވާ އަދި އިންޖިނައިރިންގެ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ. ރާއްޖޭގައި ހިންގަމުން އަންނަ 187 ރިސޯޓުގެ ތެރެއިން 120 އަށް ވުރެ ގިނަ ރިސޯޓަށް އިލެކްޓްރިފައި މޯލްޑިވްސްއިން ހިދުމަތްދެ އެވެ.

އިލެކްޓްރިފައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ 2019 ވަނަ އަހަރު ޓްރޭޑް ޕްރޮމޯޓާސް ޕްރައިވެޓް ލިމިޓެޑުން ކަމިންސް އިންކްގެ އިންޖީނުގެ ޕްރޮޑަކްޓްތަކުގެ އޮތޮރައިޒްޑް ޑީލަރެއްގެ ގޮތުގައި ވެސް ހަމަޖައްސައިފައިވާ ކުންފުންޏެވެ. އިލެކްޓްރިފައި މޯލްޑިވްސްއިން މިހާރު އަންނަނީ ފެންވަރު ރަނގަޅު އިލެކްޓްރިކް މޮބިލިޓީ ސޮލިއުޝަންތަކާއެކު އެ ކުންފުނީގެ ހިދުމަތްތައް ފުޅާ ކުރަމުންނެވެ.

ޓޮނީނޯ ލެމްބޯގިނި އިލެކްޓްރިކް ގޮލްފް ކާޓް ޝޯކޭސްކޮށްފައިވާ އެގްޒިބިޝަން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.