ބީއެމްއެލްއިން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފްކޮށްފި
ބީއެމްއެލްއިން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސްއިން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފްކޮށްފި އެވެ.

ބީއެމްއެލްއިން ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ކާޑު ތައާރަފްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ބީއެމްއެލްގެ ޑޮލަރު އެކައުންޓަށް ދޫކުރާ މި ކާޑުން ދުވާލަކު 3200 ޑޮލަރު ނެގޭނެ އެވެ. އަދި ރާއްޖެއިން ބޭރުގެ ޓްރާންސެކްޝަންތަކަށް ދުވާލަކު 5،000 ޑޮލަރާ ހަމަޔަށް ބޭނުންކުރެވޭނެ އެވެ.

މި ކާޑަށް މިއަދުން ފެށިގެން ބީއެމްއެލް އެޕް މެދުވެރިކޮށް އެޕްލައި ކުރެވޭނެ އެވެ.

ބީއެމްއެލްއިން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑުގެ އިތުރުން ޑިޖިޓަލް ވޮލެޓެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އަދި އެ ބޭންކުން މުޅި ރާއްޖޭގައި އޭޓީއެމް ހިދުމަތް ދޭން ފެށުން ފާހަގަކޮށް އެ ބޭންކުގެ ކޯޕަރޭޓް ކެމްޕެއިން, "ދިވެހިންގެ ބޭންކު މުޅި ރާއްޖެއަށް" ކެމްޕެއިން ވެސް ވަނީ ލޯންޗުކޮށްފަ އެވެ.