ގުޅިފަޅު ގޯތިތަކާ ހަވާލުވުމުގެ ފަހު ފުރުސަތު ދީފި
ގުޅިފަޅު ގޯތިތަކާ ހަވާލުވުމުގެ ފަހު ފުރުސަތު ދީފި

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓަރީ އާއި އެގްރީމަންޓުގައި ސޮއި ކުރުމަށް ފަހު ފުރުސަތު ހައުސިން މިނިސްޓްރީން ދީފި އެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ގޯތި ލިބިފައިވާ މީހުން އާ ރަޖިސްޓަރީ އާއި އެގްރީމަންޓުގައި ސޮއިކުރުމަށް ދިގު މުއްދަތެއް ދީފައިވާ ކަމަށެވެ.

އެ މުއްދަތުގައި އެެއްބަސްވުން އަދި ރަޖިސްޓަރީއާ ހަވާލުވެފައި ނުވާ މީހުންނަށް އެއާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށާއި އެއީ އެންމެ ފަހު ފުރުސަތު ކަމަށް ވެސް މިނިސްޓްރީން ބުންޏެެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އެ މުއްދަތުގައި އެޕޮއިންޓްމަންޓަށް އެދިފައި ނުވާ މީހުންނަށް އެއްބަސްވުމުގައި ސޮއިިކުރުމުގެ ފުރުސަތު ނުދެވޭނެ އެވެ.

ހިޔާވަހި ޕޯޓަލުން އެޕޮއިންޓްމަންޓަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔުންތައް:

- އާ ބަންޑާރަ ގޯތި ދޫކުރުމުގެ އެެއްބަސްވުމުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ހާޒިރުވާނެ އެއް ފަރާތުގެ އައިޑީކާޑު ކޮޕީ.

- ގޯތި ލިބޭ މީހާގެ ބަދަލުގައި އެހެން މީހަކު އެއްބަސްވުމުގައި ސޮއިކޮށް، ގޯތީގެ ރަޖިސްޓްރީއާ ހަވާލުވާ ނަމަ، ޕޯޓަލްގެ ޕަވާ އޮފް އެޓާނީގެ ނަމޫނާއާ އެއްގޮތަށް ޝަރުއީ ކޯޓެއްގައި ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ޕަބްލިކް ނޯޓަރީގެ ކުރިމަތީގައި ސޮއިކޮށްފައިވާ ޕަވާ އޮފް އެޓާނީ އާއި އެޓާނީގެ އައިޑީކާޑު ކޮޕީ

- ގޯތި ލިބޭ މީހާ ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ ކޮޕީ.

- ގޯތި ލިބޭ މީހާ ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީގެ ކޮޕީ.

ހައުުސިން މިނިސްޓްރީން ބުނީ އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރު ނުވާ މީހުންނާއި ލިޔެކިޔުންތައް ފުރިހަމަނުކޮށް ހާޒިރުވާ މީހުންގެ އެޕޮއިންޓްމަންޓް ވެސް ކެންސަލްވާނެ ކަމަށެވެ.

އާ ރަޖިސްޓަރީއަށް މިދިޔަ އޮގަސްޓް މަހު ހުޅުވާލިޔަސް ގޯތި ލިބުނު ބައެއް މީހުން ދަނީ ގޯތިތަކުގެ ރަޖިސްޓަރީ ދިނުމަށް ހަދާ އާ އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅު ހަދަމުންނެވެ. އެ މީހުން ބުނާ ގޮތުގައި އަލަށް ހަދާ އެއްބަސްވުމާއި ގޯތި ދިނުމުގެ އުސޫލާ ފުށުއަރަ އެވެ.\

އެ މައްސަލަ ބޮޑުވެ މިނިސްޓްރީން އޭރު ނެރުނު ބަޔާނުގައި ވަނީ ކުރީގެ ސަރުކާރުން އެ މީހުންނާ އެކު، ހަދާފައިވާ އެއްބަސްވުންތަކުގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންތައްތަކެއް އެބަ ހުރި ކަމަށާއި އާ އެއްބަސްވުމެއް ހަދަން ނިންމީ އެ ކަހަލަ ސަބަބުތަކަށްޓަކާ ކަމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން 2,438 ގޯތި ދޭށެވެ. އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,347 ގޯތި ވެސް ހިމެނެ އެވެ. އެ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން 9،031 ގޯތި މާލޭ މީހުންނަށް ދޭން ނިންމާފައިވެ އެވެ.