ފުރުސަތުތައް ބޭކާރު، އީގަލްސްއާ ޖެހި ނިއު އަށް ވެސް މަޑުޖެހުމެއް
ފުރުސަތުތައް ބޭކާރު، އީގަލްސްއާ ޖެހި ނިއު އަށް ވެސް މަޑުޖެހުމެއް

އީގަލްސްއާ ހެހި ނިއު ރޭޑިއަންޓްގެ ރޭހަށް ވެސް މަޑު ޖެހުމެއް އަތުވެއްޖެ އެވެ.

ފުރުސަތުތައް ބޭކާރު، އީގަލްސްއާ ޖެހި ނިއު އަށް ވެސް މަޑުޖެހުމެއް
ފުރުސަތުތައް ބޭކާރު، އީގަލްސްއާ ޖެހި ނިއު އަށް ވެސް މަޑުޖެހުމެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ އީގަލްސް އާއި ނިއު ކުޅުނު މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.

ރޭގެ މެޗާ ހަމައަށް ލީގުގައި އެންމެ ރަނގަޅު ފޯމެއްގައި ކުރިއަށް ދިޔައީ ނިއު އެވެ. ކުރިން ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމު މޮޅުވީ ބައިކޮޅަށް ލަނޑެއް ވެސް ނުވަދެ އެވެ.

ރޭގެ މެޗުގައި ވެސ ބައިކޮޅަށް ލަނޑެއް ނުވަދެ ހިފެހެއްޓުނެވެ. މި ސީޒަނުގައި މިހާތަނަށް، ނިއުގެ ޕާކިސްތާނުގެ ކީޕަރު ސާގިބް ހަނީފު ބީޓްކޮށްލެވުނ އީގަލްސްގެ އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އަށެވެ.

ރޭގެ މެޗުގައި ސާގިބް ކަޓުވާލުމަށް ފަހު، އިއްބެ ފުރުސަތެއް ތަނަވަސް ކުރި އެވެ. އެކަމަކު އޭ ބޯޅައިގައި ބާރެއް ނެތެނ. ނިއުގެ ޑިފެންޑަރު ބޯޅަ ސާފުކޮށްލީ ގޯލް ލައިންމަތިންނެވެ.

ރަނގަޅު ޓްރެއްކެއްގައި ކުރިއަށް ދިޔަ އިޑި ސޕޯޓްސްގެ ދުވެލި ވެސް މަޑުޖެހުނީ އީގަލްސްއ ޖެހުމުންނެވެ. މި ހަފުތާގައި އީގަލްސްއިން ނިމުން ގެނައީ ނިއުގެ މޮޅުވުމުގެ ރޭހަށެވެ.

މެޗުން ޕޮއިންޓަކުން ފުއްދާލައިގެން ނިއު ދެވަނަ އަށް ކުރިއަށް ޖެހިލި އެވެ. އެކަމަކު މާޒިޔާ އަށް ޕްރެޝަރެއް ދެވޭ ގޮތެއް ނުވި އެވެ. މިހާރު މާޒިޔާ އެއްވަނައިގައި އޮތީ ދެ ޕޮއިންޓްގެ ލީޑަކާ އެކު އެވެ.