ވަގަށް ސިނގިރެޓް އެތެރެކުރި އިރު ހިއްސާ ބަދަލުކުރީ މިހާރުގެ މެންބަރަކަށް
ވަގަށް ސިނގިރެޓް އެތެރެކުރި އިރު ހިއްސާ ބަދަލުކުރީ މިހާރުގެ މެންބަރަކަށް

ކޯޓު އަމުރަކުން ހުއްޓުވައި، ބޮންޑެޑް ވެއާހައުސްއެއްގައި ބަހައްޓާފައި ހުރި 575 ކޭސް ސިނގިރެޓް ވަގަށް ބޭރުކުރި މަރުހަލާގައި އެގްޒޮޓިކް އެންޓަޕްރައިޒަސް ނަމަކަށް ކިޔާ ކުންފުނީގެ ހިއްސާ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރަކަށް ދީފައިވާ ކަމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ( 241 ކޮމިޓީ) ގެ ހޯދުންތަކުން އެނގިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރި ރިޕޯޓްގައިވާ ގޮތުން އެގްޒޮޓިކް އެންޓަޕްރައިޒަސް ކަސްޓަމްސްގައި ބޮންޑެޑް ވެއާހައުސް ރަޖިސްޓްރީ ކުރި އިރު އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ލުބުނާ ހުސައިން މަނިކު އަދި އަބްދުﷲ ހަސަން ނަމަކަށް ކިޔާ މީހެކެވެ. ކޮމިޓީގެ ރިޕޯޓްގައި އެ ދެ މީހުންގެ އައިޑީކާޑު ނަންބަރު ވެސް ހާމަކޮށްފައި އޮތެވެ.

ނަމަވެސް އޭގެ ފަހުން އެގްޒޮޓިކް އެންޓަޕްރައިޒަސް އިން ފޭކް ސިނގިރެޓް ޑިސެމްބަރު 9، 2023 ގައި އެތެރެކުރި އިރު އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ލުބުނާ ހުސައިން މަނިކާއި ރައްޔިތުންގެ މަޖިލިހުގެ ހިތާދޫ ދާއިރާގެ ޕީއެންސީގެ މިހާރުގެ މެމްބަރު މުހައްމަދު ސިރުހާން އެވެ.

އެކަމަކު، އޭރު އެއީ ރައްޔިތުންގެ މެމްބަރެއް ނޫނެވެ. ސިރުހާން މެމްބަރުކަމަށް ހޮވުނީ އޭޕްރީލް 2024 ގައި ބޭއްވި 20 ވަނަ މަޖިލިހުގެ އިންތިހާބުގަ އެވެ.

ބޮންޑެޑް ވެއާހައުސް އިން ވަގަށް ސިގިރެޓްތައް ބޭރުކުރި އިރު، އެގްޒޮޓިކް އެންޓަޕްރައިޒަސްގެ ހިއްސާދާރުން އޮތީ އެހެން ބަޔަކަށް ބަދަލުކޮށްފަ އެވެ. ސިނގިރެޓް ވަގަށް ބޭރުކުރި މައްސަލަ ފެންމަތިވި އިރު އެ ކުންފުނީގެ ބޯޑު ޑައިރެކްޓަރުންގެ ގޮތުގައި ތިބީ އަބްދުލް އަހަދު އަދުނާން ނަމަަކަށް ކިޔާ މީހަކާއި މުހައްމަދު ޝަރީފު ނަމަކަށް ކިޔާ މީހެކެވެ.

ނަމަވެސް ބޮންޑެޑް ވެއާހައުސް އިން ވަގަށް ސިގިރެޓްތައް ބޭރުކުރި އިރު، އެގްޒޮޓިކް އެންޓަޕްރައިޒަސްގެ ހިއްސާދާރުން އަނެއްކާ ވެސް އޮތީ އެ ކުންފުނީގެ ހިއްސާދާރުން ބަދަލުކޮށްފަ އެވެ. ސިނގިރެޓް ވަގަށް ބޭރުކުރި މައްސަލަ ފެންމަތިވި އިރު އެ ކުންފުނީގެ ބޯޑު ޑައިރެކްޓަރުންގެ ގޮތުގައި ތިބީ އަބްދުލް އަހަދު އަދުނާން ނަމަަކަށް ކިޔާ މީހަކާއި މުހައްމަދު ޝަރީފު ނަމަކަށް ކިޔާ މީހެކެވެ.

މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓްގައިވާ ގޮތުން އެގްޒޮޓިކް އެންޓަޕްރައިޒަސް އިން ފޭކް ސިނގިރެޓް އެތެރެކުރީ އެހެން ކުންފުންޏަކަށް އެކްސްކްލޫސިވިޓީ އޮންނަ ބްރޭންޑެއްގެ ނަމުގަ އެވެ. އެހެންވެ، އެ ސިގިނރެޓްތައް ބޭރުކުރުން ހުއްޓުވަން އެ ކުންފުނިން ކޯޓަށް ދިއުމުން، އެގްޒޮޓިކްގެ ސިނގިރެޓް ކްލިއާ ނުކުރުމުގެ ވަގުތީ އަމުރެއް ނެރުނެވެ.

އެހެންވެ، އެ ސިނގިރެޓްތައް ބެހެއްޓީ އެގްޒޮޓިކްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބޮންޑެޑް ވެއާހައުސް [ގުދަނުގެ ވެރިފަރާތާ އެކު ކަސްޓަމަސްގެ ވެސް ބާރުހިނގާ ގޮތަށް ހިންގާ ގުދަނެއް] ގަ އެވެ. ނަމަވެސް އެ ކަސްޓަމްސް އަށް ނޭނގި އެ ސިނގިރެޓްތައް ނެރެގެން ގެން ގޮސް، ގުދަން ވެސް އުވާލާފައިވާކަން ކަސްޓަމްސް އަށް އެނގުނީ މަޖިލީހުގެ 241 ކޮމިޓީން ދިން މައުލޫމާތަކާ ގުޅިގެން ބެލި ބެލުމުންނެވެ،

ކޮމިޓީ ރިޕޯޓްގައި ކަސްޓަމްސްއާ ހަވާލާދީ ބުނެފައިވާ ގޮތުގައި ގާނޫނާ ހިލާފަށް ނެރުނު އެ ސިނގިރެޓްތަކުގެ ޑިއުޓީގެ ގޮތުގައި ކަސްޓަމްސް އަަށް ދައްކަން ޖެހޭ 47.1 މިލިޔަން ރުފިޔާ ދައްކަން އަންގާ ކަމަށެވެ. އެކަމަކު، އެ ފައިސާ ނުދެއްކުމުން މިހާރު ވަނީ އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ޓަކައި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.