27 އޮކްޓޯބަރ 2025 - 13:04

އުރީދޫއިން އަންނަ މަހު ބާއްވާ "ފަން ރަން"އާ ގުޅުވައިގެން އުރީދޫގެ އިމާރާތް ދިއްލާލައި އަދި ހާއްސަ އިނާމެއް ލިބޭ ސޯޝަލް މީޑިއާ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެއީ އުރީދޫގެ އިމާރާތުގައި "ފަން ރަން"ގެ އަކުރުތައް ދިއްލާފައި ހުރި ލައިޓުތައް އިމާރާތާ އެއްކޮށް ފެންނަ ގޮތަށް ވީޑިއޯކޮށް، އެ ވީޑިއޯ ޕޯސްޓުކޮށްގެން ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް އެ ވީޑިއޯ އިންސްޓަގްރާމާއި ފޭސްބުކް ނުވަތަ ޓިކްޓޮކްގައި އުރީދޫ މޯލްޑިވްސް ޓެގްކޮށް، OoredooFunRun# ހޭޝްޓެގާ އެކު ޕޯސްޓުކޮށްގެން ބައިވެރިވެވޭނެ އެވެ.
އުރީދޫން ބުނީ އެ ޕްރޮމޯޝަނުގައި ވީޑިއޯ ޕޯސްޓުކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ހާއްސަ އިނާމެއް ލިބޭނެ ކަމަށެވެ. އުރީދޫގެ އިމާރާތް ކޮންމެ ރެއަކު ވެސް ދިއްލާއިރު، އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެ އިމާރާތުގެ ވީޑިއޯ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޕޯސްޓް ކޮށްގެންނެވެ.
އުރީދޫ ފަން ރަން އޮންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ. އެއީ އުރީދޫން ބާއްވާ އެންމެ މަޖާ އަދި އެންމެ ފޯރިގަދަ ދުވުމެވެ. އެ ދުވުމުގައި އެކި އުމުރުފުރާތަކުގެ މީހުން ބައިވެރިވެ އެވެ. އެ ދުވުން ރާއްޖޭގެ އެކި ރަށްރަށުގައި ވެސް މިހާރު ދަނީ ބާއްވަމުންނެވެ.