އޮޅުވެލިފުށިން 15 ހެކްޓަރު ބިން ހިއްކައި އިތުރު މަޝްރޫއުތަކެއް
އޮޅުވެލިފުށިން 15 ހެކްޓަރު ބިން ހިއްކައި އިތުރު މަޝްރޫއުތަކެއް

ޅ. އޮޅުވެލިފުށި ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށް އިތުރު މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އޮޅުވެލިފުށިން 15 ހެކްޓަރު ބިން ހިއްކައި އިތުރު މަޝްރޫއުތަކެއް
އޮޅުވެލިފުށިން 15 ހެކްޓަރު ބިން ހިއްކައި އިތުރު މަޝްރޫއުތަކެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުރަތަމަ ރަށެއްގެ ގޮތުގައި ވަޑައިގަތީ އޮޅުވެލިފުއްޓަށެވެ.

އޮޅުވެލިފުށިން 15 ހެކްޓަރު ބިން ހިއްކައި އިތުރު މަޝްރޫއުތަކެއް
އޮޅުވެލިފުށިން 15 ހެކްޓަރު ބިން ހިއްކައި އިތުރު މަޝްރޫއުތަކެއް

އެ ރަށު ރައްޔިތުންނާ އެކު ބޭއްވި ޖަލްސާގައި ވަނީ އެ ރަށު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކޮށް އޮޑި އެހެލާ ސަރަހައްދެއް ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ އެ ރަށުން 15 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.

- ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް

- ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް އެޅުމުގެ އަމަލީ މަސައްކަތް

- ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން

- ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުން

- ފުޓްސަލް ދަނޑެއް އެޅުމަށް ސޮއިކުރުން

- ކައުންސިލް އިމާރާތުގެ ބިންގާ އެޅުން

- ވޮލީ ކޯޓު އެޅުމަށް ފައިސާ ހަމަޖައްސައިދިނުން

- އަންނަ އަހަރު މަގު ހެދުމުގެ މަޝްރޫއެއް

ރައީސް ވިދާޅުވީ އެ މަޝްރޫއުތަކުގެ އިތުރުން އެ ރަށުގެ ކަރަންޓު ނެޓްވޯކް ވަރަށް ބޮޑަށް ރަނގަޅުކުރަން ޖެހިފައިވާ ކަމަށެވެ. ނަރުދަމާ އަޅާ ނިމިފައި ވިޔަސް ނެޓްވޯކް މައްސަލައަށް ހައްލެއް ލިބުމުން ނޫނީ އެ ހިދުމަތް ދެވެން ނުފެއްޓޭނެތީ އެ މައްސަލަ މި އަހަރު ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ސްކޫލް މަޝްރޫއު ހުއްޓިފައި އޮތުމުން، އެ މަސައްކަތާ ހަވާލުވެފައިވާ ކުންފުންޏާ ވާހަކަ ދައްކައި އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށާއި ކްލާސްރޫމުތައް އޭސީކޮށް އަންނަ ދިރާސީ އަހަރަށް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތްތައް ނިމުމުން ރަށަށް ވަރަށް ބޮޑު ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. މިއަދު ބިންގާ އެޅުމާއި ސޮއިކުރި މަޝްރޫއުތައް އެއްވެސް މަޑުޖެހުމެއް ނެތި ކުރިއަށް ގެންގޮސް ނިންމާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.