ނޫސަންދާގައި ކާޑިއެކް ޑައިގްނޯސްޓިކް ލެބެެއް ހުޅުވައިފި
ނޫސަންދާގައި ކާޑިއެކް ޑައިގްނޯސްޓިކް ލެބެެއް ހުޅުވައިފި

ފުލުހުންގެ ނޫސަންދަ ކްލިނިކްގައި ކާޑިއެކް ޑައިގްނޯސްޓިކް ލެބްގެ ހިދުމަތް މިއަދު ފަށައިފި އެވެ.

ނޫސަންދާގައި ކާޑިއެކް ޑައިގްނޯސްޓިކް ލެބެެއް ހުޅުވައިފި
ނޫސަންދާގައި ކާޑިއެކް ޑައިގްނޯސްޓިކް ލެބެެއް ހުޅުވައިފި

ފުލުހުންގެ 84 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ރަސްމިއްޔާތުގައި، ހިތުގެ ބަލިތައް ދެނެގަންނަ މި ލެބް ހުޅުވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

ނޫސަންދާގައި ކާޑިއެކް ޑައިގްނޯސްޓިކް ލެބެެއް ހުޅުވައިފި
ނޫސަންދާގައި ކާޑިއެކް ޑައިގްނޯސްޓިކް ލެބެެއް ހުޅުވައިފި

މި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ހުސެއިން އަރީފް އަދި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ ނޫސަންދައިގައި ކާޑިއެކް ޑައިގްނޯޒް ލެބްގެ ހިދުމަތް ދޭން ފެށުމަކީ ލިބުނު ކުރިއެރުމެއް ކަމަށާއި އެއީ އެ ކްލިނިކްގެ ހިދުމަތް ފުޅާވަމުންދާކަމުގެ ހެއްކެއް ކަމަށެވެ. އޭގެ ސަބަބުން ފުލުހުންގެ ސިއްހީ ދުޅަހެޔޮކަން ރަނގަޅުވެގެންދާނެ ކަން ނާޒިމް ފާހަގަކުރެއްވި އެވެ.

ފުލުހުންނަކީ ގައުމަށް ހަމަޖެހުން ގެނައުމުގެ ބުރަ މަސައްކަތް ކުރަމުން އަންނަ ބަޔަކަށް ވުމުން އެ މީހުންގެ ދުޅަހެޔޮ ކަމަކީ، ގައުމުގެ ދުޅަހެޔޮކަމުގައި ވެސް ވަރަށް އިސްދައުރެއް އަދާކުރާ ބައެއް ކަމަށް، އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

އެ ލެބުގައި ވަނީ ތިން މިލިއަން ރުފިޔާ ވަސީލަތްތައް ގާއިމްކޮށްފަ އެެވެ. އަދި އެ ތަން ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާނީ ހިތުގެ ބަލިތަކުގެ ޑޮކްޓަރު، ޑރ. މުހައްމަދު ހަނީފެވެ.

އެ ކާޑިއެކް ލެބުގައި ނޮން އިންވޭސިވް (ހަށިގަނޑުގައި ސާޖިކަލް އެެއްވެސް ވަސީލަތެއް ބޭނުން ނުކޮށް) ޓެސްޓުތައް ހެދޭނެ ކަމަށް ނޫސަންދަ ކްލިނިކުން ބުންޏެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަޒްލީން ވެސް ވިދާޅުވީ ފުލުހުންގެ ހިދުމަތް ރަނގަޅުކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށާއި ޕޮލިސް ކޮމިޝަނަރު އަރީފް 24 ގަޑިއިރު ހޭދަކުރައްވަމުން ގެންދަނީ ފުލުހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ކަމަށެވެ.