މިހާރުގެ ރެސިޕީ: ކެރެޓް ހަލްވާ
މިހާރުގެ ރެސިޕީ: ކެރެޓް ހަލްވާ

3 ޖޯޑު ކެރެޓު (ގާނައިފައި)

4 މޭޒުމަތީސަމުސާ ހަކުރު

½1 ޖޯޑު ދިޔާ ކިރު (ލެކްނޯ ނުވަތަ ޑަޗް ލޭޑީ ފުލް ކްރީމް)

1 މޭޒުމަތީސަމުސާ ގިތެޔޮ

10 ކަޖޫނަޓު (މެދުން ފަޅި ކޮށްފައި)

ބައި ސައިސަމުސާ ގިތެޔޮ ހޫނު ކުރުމަށް ފަހު، ގިތެޔޮކޮޅު ވިރުނީމައި ކަޖޫނަޓު އަޅައިގެން މަޑު ގިނީގައި ތެއްލުން. މަޑު މުށިކުލަ އެރީމައި ކަޖޫނަޓުކޮޅު ނަގައިފައި ޓިޝޫއެއްގެ މަތީގައި ފަތުރައިލުން.

ތެއްޔަކަށް ކެރެޓު އެޅުމަށް ފަހު، ކިރުއަޅައި، މަތިޖަހައިގެން މަޑު ގިނީގައި (ކިރުފޮދު އެއްކޮށް ހިނދެންދެން) ކެއްކުން. މި ކައްކާއިރު ބަންޑުން ވާން އުޅޭ ނަމަ، މަތި ނަގައިފައި އަލުން މަތި ޖަހައިލުން. ރަނގަޅަށް ކިރުފޮދު ހިނދުމުން، (ބާކީ ހުރި) ގިތެޔޮ، ހަކުރު މީގެ ތެރެއަށް އަޅައިފައި، ހަކުރުކޮޅު ރަނގަޅަށް ވިރެންދެން (އެއްކުރަމުން) ކެއްކުން. ހަކުރު ވިރުމަށް ފަހު ވެސް، ތިން މިނެޓެއްހާއިރު ވަންދެން ކެއްކުމަށް ފަހު ނަގައިފައި، ތަށްޓަކަށް އަޅައިފައި، މަތީގައި ކަޖޫނަޓު އަތުރައިލުން.

ފިނިކޮށް ނުވަތަ ހޫނުކޮށް ވެސް މި ހަލުވާ ވަރަށް މީރުވާނެ.