ވަގުފް އިމާރާތް އަޅަން އާރުސީސީއަށް، އަހަރަކު 10 މިލިއަންގެ އާމްދަނީއެއް ލިބޭނެ
ވަގުފް އިމާރާތް އަޅަން އާރުސީސީއަށް، އަހަރަކު 10 މިލިއަންގެ އާމްދަނީއެއް ލިބޭނެ

މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުގަމް ވަގުފް އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

ވަގުފް އިމާރާތް އަޅަން އާރުސީސީއަށް، އަހަރަކު 10 މިލިއަންގެ އާމްދަނީއެއް ލިބޭނެ
ވަގުފް އިމާރާތް އަޅަން އާރުސީސީއަށް، އަހަރަކު 10 މިލިއަންގެ އާމްދަނީއެއް ލިބޭނެ

އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އާރުސީސީން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމް އެވެ.

ވަގުފް އިމާރާތް އަޅަން އާރުސީސީއަށް، އަހަރަކު 10 މިލިއަންގެ އާމްދަނީއެއް ލިބޭނެ
ވަގުފް އިމާރާތް އަޅަން އާރުސީސީއަށް، އަހަރަކު 10 މިލިއަންގެ އާމްދަނީއެއް ލިބޭނެ

އެ އިމާރާތް އެޅުމަށް ނިންމާފައި ވަނީ ޒަމާނީ ވަސީލަތްތަކާ އެކު 12 ފްލޯ އަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އިމާރާތުގެ ބޭސްމަންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯ ހާއްސަ ކުރާނީ ރިސެޕްޝަނަށެވެ.

އިމާރާތުގެ ދެވަނަ ފްލޯގައި ކޮންފަރެންސް ހޯލެއް އަދި ފުރަތަމަ ފްލޯއިން ފެށިގެން 12 ވަނަ ފްލޯ އަށް ޒަމާނީ އޮފީސް ބައިތަކާއި މީޓިން ރޫމުތައް ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ނަމާދު ކުރާ ކޮޓަރި އާއި އިމާރާތުގެ ރޫފްޓޮޕް ހަދަނީ އޯޕަން ޓެރަސްއެއް ގޮތުގައި ކަމަށް ބުންޏެވެ.

އޭގެ އިތުރުން އިމާރާތުގައި ލިފްޓާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ވަދެ ނުކުމެ ހެދޭނެ އިންތިޒާމު ވެސް އިމާރާތް ނިމޭއިރު ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖެއަށް މިއަދު އައުގާފްތަކުގެ ބޭނުން ވަރަށް ބޮޑު ކަމަށެވެ. އެއީ ރާއްޖޭގެ އިސްލާމީ ހިދުމަތަށް މުހިއްމު ދައުރެއް އަދާކުރާނެ މަޝްރޫއުއަކަށް ވާނެ ކަމަށާއި އިމާރާތުން ލިބޭ ނަފާގެ ވަކި ޕަސެންޓެއް ޒަކާތު ފަންޑަށް އަދި ވަކި ޕަސެންޓެއް އިސްލާމީ ވަގުފް ފަންޑަށް ޖަމާކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އަތޮޅު/ސިޓީ ވަގުފް މަޝްރޫއުތަކުގެ މަގުސަދަކީ އެ އަތޮޅުތަކާއި ސަރަހައްދުގައި ހުރި އިސްލާމީ ކަންތައްތަކަށް އެ މަޝްރޫއުތަކުން ހަރަދު ކުރުން. ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކަމަށް ވަނީ ނުހަނު ބޮޑަށް ބޭނުން ޖެހިފައި. އަމާޒަކީ އަހަރަކު 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަންނަ ފަންޑަކަށް އިސްލާމީ ވަގުފް ފަންޑު ހެދުން،" މިނިސްޓަރު ވިދާޅުވި އެވެ.

ވަގްފު އާ އިމާރާތުން އަހަރަކު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އާމްދަނީގެ 20 ޕަސެންޓް ރާއްޖޭގެ ޒަކާތު ހައުސް އަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު އާމްދަނީގެ 80 ޕަސެންޓް އިސްލާމިކް ވަގުފް ފަންޑަށް ޖަމާކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ވަގްފު އިމާރާތް ހަދަން އާރުސީސީއާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ބީއެމްއެލްގެ އިސްލާމިކް ފައިނޭސް އިން ހަރަދު ކުރުމަށް ނިންމާފައިވާ އެ މަޝްރޫއުގެ އަގަކީ 39،462،545.08ރ. އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވަގުފްގެ އިމާރާތްތައް ތިން އަހަރުގެ ތެރޭގައި ބިނާކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން މާލޭގެ އިތުރުން ހދ. ކުޅުދުއްފުށި، ގއ. ވިލިނގިލި، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫގައި ވަގުފް މަޝްރޫއެއް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ.