މާލޭން ގެއްލުނު ނޭޕާލު މީހާ ފެނިއްޖެ
މާލޭން ގެއްލުނު ނޭޕާލު މީހާ ފެނިއްޖެ

މީގެ ފަސް ދުވަސް ކުރިން ގެއްލިގެން ހޯދަމުން އައި ނޭޕާލުގެ އަންހެނެމީހާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އުމުރުން 19 އަހަރުގެ ޕޫރްނީމާ ގަޖްމާ ގެއްލިގެން ރިޕޯޓުކުރީ މި މަހުގެ 23 ވަނަ ދުވަހު ކަމަށާއި އެއީ އޭނާ ދިޔަ ތަނެއް ނޭނގިގެން އުޅޭތާ ދެ ދުވަސް ފަހުން ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.

ފުލުހުން ބުނީ ޕޫރްނީމާ ފެނުނީ މިއަދު ކަމަށެވެ.

އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނި ނަމަވެސް އެކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.