26 އޮކްޓޯބަރ 2025 - 08:44

އިންޑިއާގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ އެތުލެޓިކްސް މުބާރާތުން ރާއްޖޭގެ ގައުމީ އަންހެން ރިލޭ ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.
އިންޑިއާގެ ރަންޗީގައި ކުރިއަށްދާ މުބާރާތުގެ 4 ގުނަ 100 މީޓަރު ވާދަކުރީ ފަސް ޓީމެވެ.
އިންޑިއާ ފަހަތަށް ޖައްސާލުމަށް ފަހު ރަން މެޑަލް ގެންދިޔައީ ލަންކާއިންނެވެ. ލަންކާގެ ދުވުންތެރިން ރޭސް ނިންމީ 44.70 ސިކުންތުންނެވެ.
އިންޑިއާ އަށް ލިބުނީ ރިހި މެޑަލް އެވެ. އެ ޓީމުން ރޭސް ނިންމީ 44.93 ސިކުންތުންނެވެ.
ރާއްޖޭގެ ދުވުންތެރިން ރޭސް ނިންމީ 47.79 ސިކުންތުންނެވެ.
ހަތަރވަނަ އަށް ދިޔަ ބަންގްލަދޭޝްގެރިލޭ ޓީމަށް ރޭސް ނިންމުނީ 48.21 ސިކުންތުންނެވެ. ނޭޕާލަށް ރޭސް ނިންމުނީ 50.17 ސިކުންތުންނެވެ.