ޔޫވީ އާއި ވެލެންސިއާ ވެސް ފުއްދާލީ ޕޮއިންޓަކުން
ޔޫވީ އާއި ވެލެންސިއާ ވެސް ފުއްދާލީ ޕޮއިންޓަކުން

އެންމެ ފަހުން ކުރިމަތިވި ބައްޔަށް ފަހު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކްލަބް ވެލެންސިއާ ވެސް ޕޮއިންޓަކުން ފުއްދާލައިފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެ ދެ ޓީމުން ރޭ ކުޅުނު މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.

ރޭގެ މެޗާ ހަމައަށް ވެލެންސިއއިން ކުރިން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ލީގުގެ ފުރަތަމަ ހަފުތާގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް 2-1 ން މޮޅުވި މެޗު ފިޔަވައި އެހެން މެޗަކުން މޮޅުވެވިފައެއް ނުވެ އެވެ.

ރޭގެ ޕޮއިންޓާ އެކު އެ ޓީމުން ވަނީ ކުޅުނު ފަސް މެޗުން ހަތަރު ޕޮއިންޓް ހޯދާފަ އެވެ.

ރޭގެ މެޗާ ހަމައަށް ޔުނައިޓެޑް ވިކްޓަރީ ކުރިން ކުޅުނު މެޗުގައި މާޒިޔާ އަތުން ބަލިވީ 4-1 ންނެވެ.

އެ ޓީމުން އެންމެ ފަހުން މޮޅެއް ހޯދީ ސެޕްޓެމްބަރު 30 ގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
ލީގުގައި ކުޅުނު ފަސް މެޗުން ޔޫވީ އަށް ވެސް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ.

ލީގުގެ ޕޮއިންޓް ތާވަލުގައިވެލެންސިއާ އާއި ޔޫވީން ވެސް މިހާރު އޮތީ ގަދަ ހައެއްގެ ތެރޭގަ އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ އޮޑި އާއި ބުރެވެ. މިރޭ ކުޅޭ މެޗުގައި ވިކްޓަރީން ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ.