މާލޭގައި ނޭޕާލު އަންހެނަކު ގެއްލިގެން ހޯދަނީ
މާލޭގައި ނޭޕާލު އަންހެނަކު ގެއްލިގެން ހޯދަނީ

ނޭޕާލުގެ، އުމުރުން 19 އަހަރުގެ އަންހެނަކު ގެއްލިގެން ރިޕޯޓްކޮށްފައި ވާތީ އޭނާ ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދެފި އެވެ.

ފުލުހުން ބުނީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2:00 ހާއިރުން ފެށިގެން، ދިޔަ ތަނެއް ނޭނގިގެން ރިޕޯޓްކޮށްފައިވާ މީހާގެ ނަމަކީ ޕޫރްނީމާ ގަޖްމާ ކަމަށެވެ.

ފުލުހުން ބުނީ އެ މީހާ ގެއްލިގެން ރިޕޯޓްކުރީ، ގެއްލުނުތާ ދެ ދުވަސް ފަހުން އިއްޔެ އިރު އޮއްސުނު ފަހުން ކަމަށެވެ.

"... އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވެއެވެ." ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ފުލުހުން ވަނީ ޕޫރްނީމާ ގަޖްމާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި އެ މައުލޫމާތެއް ދިނުމަށް އެދިފަ އެވެ.