އައްޑޫގެ ދެމަފިރިންގެ މަރު: ޖެހިޖެހިގެން ވަޅުލައިފި
އައްޑޫގެ ދެމަފިރިންގެ މަރު: ޖެހިޖެހިގެން ވަޅުލައިފި

އައްޑޫ ހިތަދޫގެ ގެެއެއްގެ ތެރޭގައި ނިޔާވެފައި ތިއްބާ މިދިޔަ ބުދަ ދުވަހުގެ ހަވީރު ފެނުނު ދެމަފިރިންގެ ހަށިގަނޑު މިއަދު ވަޅުލައިފި އެވެ.

އައްޑޫގެ ދެމަފިރިންގެ މަރު: ޖެހިޖެހިގެން ވަޅުލައިފި
އައްޑޫގެ ދެމަފިރިންގެ މަރު: ޖެހިޖެހިގެން ވަޅުލައިފި

ހިތަދޫ ޓޫރިޒަމް ޒޯން ސަރަހައްދު ކައިރީގައި ހުންނަ ގެއެއްގައި ދިރިއުޅެމުން ދަނިކޮށް ނިޔާވެފައި ތިއްބާ ފެނުނީ ހިތަދޫ، ކްރޭނުގޭ އިބްރާހިމް އަބްދުﷲ، 60 އާއި އައްޑޫ މަރަދޫ ނާރެސް، ފަރަހްނާޒް ރަޝީދު، 52 އެވެ.

އައްޑޫގެ ދެމަފިރިންގެ މަރު: ޖެހިޖެހިގެން ވަޅުލައިފި
އައްޑޫގެ ދެމަފިރިންގެ މަރު: ޖެހިޖެހިގެން ވަޅުލައިފި

އެ ދެމަފިރިންގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމާ މެދު ފުލުހުން މަޝްވަރާކުރަން ފެށުމުން އާއިލާއާ ހަށިގަނޑު ހަވާލުނުކޮށް ދިގުލައިގެން ދިޔަ އެވެ. އެކަމަކު، ކަންބޮޑުވުން ފާޅުކުރަން ފެށުމުން ޕޯސްޓުމޯޓަމް ނުހަދައި އާއިލާއާ ހަށިގަނޑު ހަވާލުކުރީ ރޭގަ އެވެ.

އޭގެ ފަހުން، މިއަދުގެ ހުކުރު ނަމާފަށް ފަހު އިބްރާހިމްގެ ކަށުނަމާދު ބޭއްވީ އޭނާގެ އުފަން ރަށް ހިތަދޫ މަސްޖިދުއްތަގުވާގަ އެވެ. ފަރަހްނާޒުގެ ކަށުނަމާދު އޮތީ އުފަން ރަށް މަރަދޫ މަސްޖިދުލް އިހުލާސްގަ އެވެ. އެކަމަކު، އެ ދެމަފިރިން ވަޅުލީ މަރަދޫ ސަހަރާގައި ޖެހިޖެހިގެންނެވެ.

ދެމަފިރިންގެ ޖަނާޒާ އަށް މިއަދު ވަރަށް ގިނަ ބަޔަކު ޖަމާވި އެވެ.

އެ ދެމަފިރިންގެ މަރުގެ ޚަބަރު އިވުމާ އެކު، އެ ގެއަށް ވަން މީހަކު "މިހާރު" އަށް ކުރިން ބުނީ އެ ދެ މީހުން ފެނުނީ ކޮޓަރީގެ ފާހާނާ ތެރެއިން ކަމަށެވެ.

ފިރިހެންމީހާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އަންހެން މީހާގެ ހަށިގަނޑުގައި ވެސް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ހުރި ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

ނަމަވެސް، ފުލުހުން ވަނީ އެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ނުކުރެވޭ ކަމަށް ބުނެފަ އެވެ. އެކަމަކު، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

ބައެއް ފަރާތްތަކުން ފަހުން ލަފާކުރި ގޮތުގައި ދެމަފިރިން ނިޔާވީ ޖަނެރޭޓަރުގެ ދުމުގެ އަސަރު ކޮށްގެންނެވެ. ގެއަށް ކަރަންޓު ދިނުމަށްޓަކައި ބޭނުންކުރި ޖަނެރޭޓަރު ވެސް ބަހައްޓާފައި ހުންނަނީ އެ ގޭގެ ތެރޭގަ އެވެ. އަދި އެ ގޭގެ ވެންޓިލޭޝަން ވެސް ރަނގަޅަށް ނެތް ކަަމަށް ވެ އެވެ.