ރޯމާ އާއި ވިލާ ބަލި، ފޮރެސްޓަށް ހިތްހަމަޖެހުން
ރޯމާ އާއި ވިލާ ބަލި، ފޮރެސްޓަށް ހިތްހަމަޖެހުން

ޔޫރޮޕާ ލީގުގައި ރޭ އިޓަލީގެ އޭއެސް ރޯމާ އާއި އިންގްލެންޑްގެ އެސްޓަން ވިލާ ބަލިވި އިރު، ނޮޓްނަމް ފޮރެސްޓް އާ ކޯޗާ އެކު ފުރަތަމަ މެޗު ކާމިޔާބު ކޮށްފި އެވެ.

ރޯމާ އާއި ވިލާ ބަލި، ފޮރެސްޓަށް ހިތްހަމަޖެހުން
ރޯމާ އާއި ވިލާ ބަލި، ފޮރެސްޓަށް ހިތްހަމަޖެހުން

ރޯމާ އަމިއްލަ ދަނޑުގައި ރޭ ބަލިވީ ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލްޒެން އަތުން 2-1 އިންނެވެ. ނެދަލެންޑްސްގެ ގޯ އަހެޑް އީގަލްސްއާ ވާދަކޮށް ރަށުން ބޭރުގައި 2-1 އިން ބަލިވި އިރު، ފޮރެސްޓް ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ޕޯޗުގަލްގެ އެފްސީ ޕޯޓޯ ބަލިކޮށްފަ އެވެ.

މިއީ ނޮވެމްބަރު 1995ގެ ކުރިން ފޮރެސްޓް ޔޫރަޕްގެ މުބާރާތެއްގެ މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. އެ ސީޒަންގައި މޮޅުވީ އެފަހަރުގެ ޔޫއެފާ ކަޕްގެ ތިންވަނަ ބުރުގެ މެޗަކުންނެވެ. މުބާރާތުން ކެޓީ ކުއާޓާ ފައިނަލުން ބެޔާން މިއުނިކް އަތުންނެވެ.

ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ފޮރެސްޓް، 30 އަހަރަށް ފަހު ޔޫރަޕްގެ ފުޓްބޯޅައިގައި މި އަހަރު ޗެމްޕިއަންސް ލީގުގެ ފުރަތަމަ ދެ މެޗުން މޮޅެއް ހޯދިފައި ނުވާއިރު، މިއީ މި ސީޒަންގައި އެ ޓީމު މޮޅުވި ދެވަނަ މެޗެވެ. ފުރަތަމަ މެޗަކީ މިދިޔަ އޮގަސްޓް މަހު ކުޅުނު އިނގިރޭސި ލީގުގެ ފުރަތަމަ މެޗެވެ.

ޕޯޓޯއާ ދެކޮޅަށް މެޗުގައި ފޮރެސްޓަށް އިރުޝާދު ދިނީ އަންގާރަ ދުވަހު މަގާމާ ހަވާލުވި ސޯން ޑައިސް އެވެ. މި ސީޒަންގައި މީގެ ކުރިން ފޮރެސްޓަށް ވަނީ ދެ ކޯޗުން އިރުޝާދު ދީފަ އެވެ.

ރޯމާ ވަނީ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ފްރާންސްގެ ނީސް ބަލިކޮށްފަ އެވެ. ނަމަވެސް ރޭގެ ބައްޔާ އެކު، ވަނީ ޖެހިޖެހިގެން ދެ މެޗުން ބަލިވެފަ އެވެ. އިޓަލީ ލީގުގައި ރޯމާ އެންމެ ފަހުން ކުޅުނު މެޗުން އިންޓަ މިލާން އަތުން 1-0 އިން ބަލިވި އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ އެސްޓަން ވިލާ ބަލިވީ މި ސީޒަންގައި ފުރަތަމަ ފަހަރަށެވެ. ފުރަތަމަ ދެ މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. އަދި އިނގިރޭސި ލީގުގައި ވެސް ވިލާ ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗު ކާމިޔާބު ކޮށްފަ އެވެ.

ކޮންފަރެންސް ލީގުގައި ވާދަކުރާ އިނގިރޭސި ކްލަބް ކްރިސްޓަލް ޕެލަސް ވަނީ ރޭ އަމިއްލަ ދަނޑުގައި ސައިޕްރަސްގެ އޭއީކޭ ލާނަކާ އަތުން 1-0 އިން ބަލިވެފަ އެވެ.

މިއީ ކްރިސްޓަލް ޕެލަސް މި ސީޒަންގައި ބަލިވި ދެވަނަ މެޗެވެ. ލީގުގައި އެ ޓީމު ބަލިވީ މި މަހު އިންޓަނޭޝަނަލް ބްރޭކުގެ ކުރިން އެންމެ ފަހުން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.