23 އޮކްޓޯބަރ 2025 - 15:25

ޕާކިސްތާނު އަސްކަރިއްޔާގެ އިސް ޖެނެރަލެއް ކަމަށްވާ ޗެއާމަން އޮފް ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީ ޖެނެރަލް ސާހިރު ޝަމްޝާދު އަޚުތަރު ރާއްޖެ ވަޑައިގެންފި އެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ޖެނެރަލް އަޚުތަރު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާ މިިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ.
ރާއްޖެއާ ޕާކިސްތާނާ ދެމެދު އަސްކަރީ ގޮތުން އޮތް ގުޅުން އިތުރަށް ބަދަހިކުރަން އެ ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާގެ އެހެން ބައެއް އިސް އޮފިސަަރުންނާއި ރާއްޖޭގައި ހުންނަވާ ޕާކިސްތާން ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް ފައިސަލް ރަސޫލް ލޯދީ ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.